ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ނުގެންގޮސް ގިނަ ދުވަސްވެފައިހުރި ސެޓްފިކެޓްތަކާ ގުޅޭ

މި ޑިޕާޓްމަންޓުގެ ޕްރައިވެޓް ސެންޓަރު މެދުވެރިކޮށް އެކި އިމްތިޙާނުތަކުގައި ބައިވެރިވެ، މިހާތަނަށް ނުގެންގޮސް ހުރި ގިނަ ޢަދަދެއްގެ ސެޓުފިކެޓުތަކެއް މި ޑިޕާޓްމަންޓުގައި އެބަހުއްޓެވެ.

ވީމާ، މި ސެޓުފިކެޓުތަކުގެ ވެރިފަރާތްތަކުން 31 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 13.30ގެ ކުރިން، މި ޑިޕާޓްމަންޓަށް ވަޑައިގެން ސެޓުފިކެޓުތަކާ ޙަވާލުވުމަށް ދަންނަވަމެވެ. ސެޓުފިކެޓާ ޙަވާލުވުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ އިތުރުން ވެރިފަރާތުގެ އައިޑީ ކާޑު ގެންނަވަންވާނެއެވެ.

މި މުއްދަތުގެ ތެރޭގައި ގެންގޮސްފައި ނުވާ ސެޓުފިކެޓުތައް، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ގުދަންކުރެވޭނެއެވެ. އަދި މިގޮތަށް ގުދަންކުރެވޭ ސެޓުފިކެޓުތަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ޑިޕާޓްމަންޓުން ޒިންމާ ނުވާނެކަން މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖޫން 2026
ހޯދާ