ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓަންޓް ހާބަރ ވަރކަރ (ވަގުތީ)

ނަންބަރު: (IUL)403-A/403/2026/60

އިޢުލާން

 

ވަޒީފާގެ ފުރުޞަތު:  

                ލ.މާމެންދޫ ބަނދަރުގައި މަސައްކަތް ކުރުމަށް ވޭޖު އުސޫލުން 1 އަހަރުގެ މުއްދަތަށް މަސައްކަތު މީހަކު ހޯދަން ބޭނުންވެއްޖެއެވެ.  

މަޤާމް:

އެސިސްޓަންޓް ހާބަރ ވަރކަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ  (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 1- ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / މާމެންދޫ ބަނދަރު

މުސާރަ:

ހާޒިރުވާ ދުވަހަކަށް  251.00ރުފިޔާ (ދުއިސައްތަ ފަންސާސް އެއްރުފިޔާ )

މަޤާމުގެ އެލަވަންސް:

ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ ( ހަތްދިހަ ރުފިޔާ)

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 60.00 ރުފިޔާ (ފަސްދޮޅަސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒް ކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމަށް ޖަވާބުދާރީވުން.
  3. ލ.މާމެންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުޞޫލުތައް" ގެ 3 ވަނަ މާއްދާގެ ދަށުން، ބަނދަރު ސަރަޙައްދުގައި މަސްވެރި އުޅަނދުފަހަރާއި، މުދާ އަރުވާ ބާލާ އުޅަނދުފަހަރާއި، އެހެނިހެން އުޅަނދުފަހަރު ބަނދަރުގައި އަޅާފައި ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އުޅަނދުފަހަރު އަޅާފައިވޭތޯ ބަލައި ޗެކްކޮށް، އުޞޫލާ ޚިލާފަށް ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ ރެކޯޑް ބަލަހައްޓައި ކައުންސިލަށް ދުވަހުން ދުވަހަށް ރިޕޯޓްކުރަމުން ގެންދިއުން
  4. "ލ.މާމެންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުޞޫލުތައް" ގެ 03 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަނދަރުގެ ފެންއެޅުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދަށް، ފެންއެޅުމަށް ކައިރިކުރާ އުޅަނދުފަހަރު އެ ބޭނުން ނިމުމުން އަވަހަށް ސަރަޙައްދު ހުސްކުރޭތޯ ބަލައި ޗެކްކޮށް އަދި ހުސް ނުކުރާނަމަ، އެކަމަށް ނަޞޭހަތްތެރިވުން.
  5. މަސްކިރުމާއި ތެޔޮއެޅުމާއި ފެންލުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި މުދާ އަރުވާބާލާ ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން.
  6. ބަރުމުދާ އުޅަނދުފަހަރަށް ޚާއްސަކޮށްފައިވާ ސަރަޙައްދުން ނޫން އެހެން ސަރަޙައްދަކުން  މުދާބާލާ ބަރުކުރާނަމަ، ކައުންސިލްގެ ހުއްދަ އެފަރާތަކަށް އޮތްތޯ ޔަގީންކުރުން އަދި ހުއްދަ ނެތް ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން.
  7. ރައްޔިތުންގެ އަމިއްލަ ބޭނުމަށް ގެންނަ ތަކެތި (ވެލި، ގައު، ދަރު، އެޅިގައު ފަދަ ތަކެތި) މަސްވެރި އުޅަނދުފަހަރު އެޅުމަށް ޚާއްސަކުރެވިފައިވާ ސަރައްޙައްދުގައި ބެހެއްޓުމަށް ދެންނެވުން އަދި މިތަކެތި 12 ގަޑިއިރު ހަމަވުމުގެ ކުރިން ނެގުމަށް ދަންނަވައި އެގޮތަށް ޢަމަލު ކުރިކަން ޔަގީންކުރުން.
  8. ބާލައި އަދި ބަރުކުރާ މުދާ މަގަށް ނާރާގޮތަށް ބަނދަރު އެއްގަމު ބިމުން ފެށިގެން 15 ފޫޓް ސަރަހައްދުގައި ބަހައްޓާތޯ ބެލުން އަދި ޕޭމަންޓް ހަޑިވާޒާތުގެ މުދާ (ސިމެންތި، ހިލަ، ހިލަވެލި، ގެރިގުއި ގަސްކާނާ ފަދަ ތަކެތި) ސަތަރި އަޅައި ސަތަރިމަތީގައި ބަހައްޓާތޯ ބެލުން. އަދި މިގޮތަށް ބަހައްޓާ މުދާ 24 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓާނަމަ ކައުންސިލްގެ ހުއްދަ އޮތްތޯ ބަލައި ޗެކްކޮށް ހުއްދަ ނެތް ފަރާތްތައް ކައުންސިލަށް ރިޕޯޓް ކުރުން.
  9. ހެވީ ވެހިކަލް (ލޮރީ، ޕިކަޕް، ދަމާގާޑިޔާ އަދި މިނޫންވެސް މިފަދަ ތަކެތި) ބަނދަރު ޕޭވްމަންޓް މައްޗަށް       އެރުވުން މަނާކޮށް، ޕޭވްމަންޓް މައްޗަށް އަރުވާ ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން.
  10. މުދާ ބޭލުމަށް ވަންނަ އުޅަނދުފަހަރުތައް ބަނދަރުގެ ދިގަށް ގިނަވެގެން 12   ގަޑިއިރަށްވުރެ ގިނައިރު   ބާއްވާނަމަ، ކައުންސިލްގެ ހުއްދަ އޮތްތޯ ޗެކްކޮށް އަދި ހުއްދަ ނެތްނަމަ މިފަދަ ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން
  11. ބޮޑެތި މަޝްރޫޢުތައް ހިންގުމަށާއި އަމިއްލަ ވިޔަފާރިތަކައް ގެންނަ ގިނަ އަދަދުގެ ހިލައާއި ހިލަވެލި، ސިމެންތި، ލަކުޑި ފަދަ މުދާ ބަހައްޓަނީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަޙައްދުގައިތޯ ބަލައި ޗެކްކޮށް އަދި މިފަދަ ފަރާތްތަކުން ޤަވާޢިދާ ޚިލާފުވާނަމަ، ކައުންސިލަށް ރިޕޯޓްކުރުން
  12. ބަނދަރުގައި އަޅާ އުޅަނދުފަހަރުތަކުގެ ވާ އައްސަނީ އެކަމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައިތޯ ބަލައިޗެކްކޮށް، އަދި ވާއެއްސުމަށް އަމިއްލަ ފަރާތެއްގެ އެއްޗެއް ބަނދަރުގައި ޖަހާނަމަ، އެކަމަކީ މަނާކަމެއްކަން އެފަރާތަކަށް ބުނެދީ ކައުންސިލަށް ރިޕޯޓްކުރުން
  13. ބަނދަރުގެ ފަޅުތެރޭގައި އަޅާ ނަގިލިތައް އެހެން އުޅަނދުފަހަރުތަކަށް ދަތިނުވާނެގޮތަށް އަޅައިތޯބަލައި ޗެކްކުރުމާއި ބަނދަރު ކަނޑު ތޮށްޓާއި ދެކޮޅު ހުރަސްތޮށީގެ ރިވެޓްމައްޗަށް (ހިލަތޮށީގެ މައްޗަށް) ނަގިލި އަޅައި، ހިލަތަކުގައި ވާ އައްސައި، ކަޑަ ޖަހާފައި ކަޑަޔަށް ވާ އައްސާފަރާތްތަކަށް އެކަމަކީ މަނާކަމެއްކަން ހަނދާންކޮށްދިނުމާއެކު ކައުންސިލަށް ރިޕޯޓްކުރުން
  14. "ލ.މާމެންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުޞޫލުތައް" ގެ 07 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ރަސްމީ ޖެޓީ ސަރަޙައްދުގައި، މުދަލާއި މީހުން އަރުވާ ބާލާ ފަރާތްތަކުން ކައުންސިލްގެ ހުއްދަ ނަގާފައިވޭތޯ ބަލައިޗެކްކޮށް ހުއްދަ ނެތް ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން
  15. މަސްގަންނަ ބޯޓާއި އެހެނިހެން މަސްގަންނަ އުޅަނދު ބަނދަރު ތެރޭގައި ބާއްވައިގެން މަސްކިރާނަމަ، ކައުންސިލްގެ ހުއްދަ އެ ފަރާތުގައި އޮތްތޯ ބަލައިޗެކްކޮށް، ހުއްދަ ނެތް ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން އަދި މަސް ކިރުމަށް ބޭނުންކުރަނީ "ލ.މާމެންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާޢިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުޞޫލުތައް" ގެ 19 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ސަރަހައްދުތޯ ބަލައި މި އުޞޫލުގެ (ށ) ގައިވާ ގޮތަށް މަސްކިރާތަން އެ ދޯންޏެއްގެ ކެޔޮޅު ނުވަތަ ފަޅުވެރިން ސާފުކުރިތޯ ބަލައި، ނުކުރާނަމަ ކައުންސިލަށް ރިޕޯޓްކުރު
  16. ބަނދަރުގައި ބާއްވައިގެން މަރާމާތު ކުރާ އުޅަނދުފަހަރުތައް އެކަމަށް ޚާއްސަކުރެވިފއިވާ ސަރަހައްދުގައި ނުވަތަ ކައުންސިލުން ހުއްދަދީފައިވާ ވަކިތަނެއްގައި ބާއްވައިގެން ކުރަމުންދޭތޯ ބެލުން އަދި މިގޮތަށް އުޅަނދު ފަހަރު އަޅައިގެން ކުރާ މަރާމާތަށް ހޭދަވާ ދުވަސްތައް ރެކޯޑްކޮށް ބަލަހައްޓައި، 5 ދުވަހަށް ވުރެ އިތުރުވާނަމަ އެކަން ކައުންސިލަށް އެންގުން
  17. ޖެޓީތެރެއަށް ޖަމާވެފައިވާ ހުންނަ ކުނި، ފުޅި، ދަޅު ފަދަ ތަކެތި ނަގައި ސާފުކުރުމާއި، ޕޭވްމަންޓް ސާފުކުރުން އަދި ބަނދަރަށް ލިބޭ ކުދި ގެއްލުންތައް ކައުންސިލުން އަންގާގޮތެއްގެމަތިން މަރާމާތުކޮށް ބެލެހެއްޓުން
  18. އުޅަނދުފަހަރުތަކުން އަދި ޢާންމު ފަރާތްތަކުން ބަނދަރު ސަރަޙައްދަށް ކުނި އެޅުމަށް މަނާކުރުން އަދި އެފަދަ އަމަލެއް ހިންގާ ފަރާތެއްނަމަ ކައުންސިލަށް ރިޕޯޓްކުރުން
  19. ބަނދަރު ފެން ތާނގީތަކުގެ ވޭލްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބަންދުކޮށް ހުޅުވުން
  20. ފަރުމަސްވެރިކަމުގައި ދާ ފަރާތްތަކުން ބަނދަރުގައި މަސް ކެނޑުމަށްފަހު، މަސްކެނޑި ސަރަހައްދު ސާފުކުރުމަށް ނަޞޭހަތްތެރިވުން އަދި އުކާލާ މަހުގެ ބައިތައް ބަނދަރަށް ނޭޅުމަށް ނަޞޭހަތްތެރިވެ މިފަދައިން އަޅާ ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން
  21. ބަނދަރަށް އަންނަ ދޯނި ފަހަރާއި ބަނދަރުން ފުރާ ދޯނިތަކަށް ކައުންސިލުން ހަމަޖައްސާ ޢުޞޫލެއްގެ ތެރެއިން ފެން ދޫކުރުން
  22. ކައުންސިލް އިދާރާއާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް އާބާތުރަފިލުވައި އިމާރާތް ކުރުމުގެ ކުދިކުދި މަސައްކަތްތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ކުރުން

މަޤާމްގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެގުން.

* މަޤާމްގެ މަސައްކަތު ދާއިރާތައް:

- ބަނދަރުތަކާއި އެފަދަ އެހެން ތަންތަން ބެލެހެއްޓުމާގުޅޭ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

ދާއިރާ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %70 (ހަތްދިހަ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލްގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ނަމާއި މަޤާމްގެ ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 29 ޖޫން 2026 އާއި 06 ޖުލައި 2026 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއު އާއި އިމްތިޙާނަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

     

 

 

 

15 ޖޫން 2026
ހޯދާ