ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ދުވަހެއްގައި އަދި އެއް ގަޑިއެއްގައި ކުރިއަށްދާނެ ވަރަށް ފޯރިގަދަ ޤައުމީ ހަރަކާތެކެވެ. މުބާރާތް އޮންނާނީ 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ 15:00 އިން 21:00 އަށެވެ.

                 މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 ޖޫން 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.

     މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މިނިސްޓްރީން ހުށަހަޅާފައިވާ ފައިސާގެ އިނާމުތަކަކީ:

  1.  މުޅި މަސްރޭހުން 1 ވަނަ ޓީމަށް: 30،000.00 (ތިރީސްހާސް) ރުފިޔާ
  2. މުޅި މަސް ރޭހުން 2 ވަނަ ޓީމަށް: 25،000.00 (ފަންސަވީސްހާސް) ރުފިޔާ
  3. މުޅި މަސްރޭހުން 3 ވަނަ ޓީމަށް: 20،000.00 (ވިހިހާސް) ރުފިޔާ
  4.  އެންމެ ބަރުމަސް ބޭނި ފަރާތަށް: 5،000.00 (ފަސްހާސް) ރުފިޔާ

                            މި މުބާރާތުގެ ޤަވާއިދު މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާނެއެވެ.

ފޯމް ލިންކް:  https://forms.gle/m2keqUZQemEuWMc27

15 ޖޫން 2026
ހޯދާ