ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް
1. ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި އަދި އޭސީ ތަކަށް ބޭނުންވާ ކަރަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
3. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
4. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 15 ޖޫން 2026 އިން 22 ޖޫން 2026 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން, ނަންނޯޓް ކުރެއްވުމަށް ފުރަންޖެހޭ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ. ވީމާ ބީލަމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވުން އެދެމެވެ.
7. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި މަސައްކަތުގެ މަޢުލޫމަތު ޝީޓް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާފަރާތްތަކަށް ބީލަން ފޮތް ހިއްސާކޮއްލެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލައިދޫ ސްކޫލް
ލ.ކަލައިދޫ، ދިވެހިރާއްޖެ
ފޯން: 6800743 / 7669977
އީމެއިލް: [email protected]
15 ޖޫން 2026
