މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފަރުމަސްވެރިކަމުގެ މުބާރާތް 19  ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނ. ކެނދިކުޅުދޫގެ އެންމެހާ ރައްޔިތުންނަށާއި ޓީމުތަކަށް ހުޅުވާލަމެވެ.

މުބާރާތުގެ އުޞޫލާއި ޝަރުޠުތައް:

  • މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ.
  • ކޮންމެ ޓީމެއްގައި މެނޭޖަރާއެކު ގިނަވެގެން ހިމެނޭނީ 13 (ތޭރަ) މެންބަރުންނެވެ.
  • ޓީމުގެ މެނޭޖަރު ފިޔަވައި، އެހެން ހުރިހާ މެންބަރުންނަށް މަސްވެރިކަމުގެ ޢަމަލީ ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުމަށްފަހު، 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ފޯމް ލިންކް: (https://forms.gle/XJ9zXUqTQNdyi5iD6)

މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 6560013 ނުވަތަ 9899877 ފޯނު ނަންބަރާ ގުޅުއްވުން އެދެމެވެ. މުބާރާތާ ގުޅިގެން މިނިސްޓްރީން އެކުލަވާލާފައިވާ އާންމު ގަވާއިދު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ޖޫން 2026
ހޯދާ