ދިވެހިރާއްޖެ
މި ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލޮއި ކުރެންދޫ މަދަހަ" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
15 ޖޫން 2026 ން 30 ޖޫން 2026 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި
މިދަންނަވާގޮތަށެވެ.
1. މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:
މި މިމުބާރާތުގައި ބައިވެރިވެވޭނީ
ހ- ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން.
ށ- މަންމަ ނުވަތަ ބައްޕަ އަކީ ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން.
ނ- ޅ. އަތޮޅު މަދަރުސާގައި ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރެއްކަމުގައިވުން
ރ- ކުރެންދޫގައި ދިރުއުޅޭތާ 6 މަސްވެފައިވާ ފަރާތެއްކަމުގައިވުން
2. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް:
މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތައް ވަކިވަކިންނެވެ. މުބާރާތުގައި 2 ސެގްމެންޓް (ވަކިވަކި މަދަހަ އަދި ގުރޫޕް މަދަހަ)
ހުށައެޅޭނެއެވެ. މުބާރާތުގައި މަދަޙަ ހުށަހެޅުމަށް ލިބޭނީ 1 ފުރުސަތެވެ. ހުށަހެޅޭ މަދަހަ ތަކަށް ޖަޖުކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން
ވަނަވަނަ ހޮވޭނެއެވެ. ޕޮއިންޓް ދެވޭ ބައިތައް މުބާރާތުގެ ޤަވާއިދުގައި ހިމެނިފަވާނެއެވެ.
3. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:
30 ޖުލައި 2026 ން 04 އޮގަސްޓްގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
4. މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް:
ހ. 6 އަހަރުން ދަށް
ށ. 6 އަހަރާއި 10 އަހަރާއި ދެމެދު
ނ. 10 އަހަރާއި 14 އަހަރާއި ދެމެދު
ރ. 14 އަހަރާއި 18 އަހަރާއި ދެމެދު
ބ. 18 އަހަރުން މަތި
ޅ. ގްރޫޕް މަދަހަ – ގުރޫޕެއްގައި މަދުވެގެން 3 ، ގިނަވެގެން 12 (ގްރޫޕް މަދަހަ ހުށަހެޅުމުގައި 6 އަހަރުން މަތީގެ ހުރިހާ އުމުރުފުރައެއް ހިމެނޭގޮތައް ބައިވެރިން ހިމަނާގެން ގްރޫޕް ހެދޭނެއެވެ).
4. މުބާރާތުގައި ހޮވާ ވަނަތައް:
ހ. ކޮންމެ އުމުރުފުރަޔަކުން 1ވަނަ 2ވަނަ 3ވަނަ
ށ. މުޅި މުބާރާތުން 1ވަނަ 2 ވަނަ 3ވަނަ
ނ. ގްރޫޕް މަދަހަ 1ވަނަ 2ވަނަ 3ވަނަ
ރ. މުބާރާތުގައި ހުށަހެޅޭ އެންމެ މޮޅު އަމިއްލަ ޅެން
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ލޮއި ކުރެންދޫ މަދަހަ މުބާރާތް 1448" މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
