ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރން (އެޑްމިން)

މަޤާމު:

އިންޓަރން (އެޑްމިން)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެގްޒަމިނޭޝަން

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (03 މަސް ދުވަސް)

އުޖޫރަ:

ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން

މަސައްކަތުގެ ވަގުތު

  • 2 - 6 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)

މަގާމުގެ ޝަރުތު:

  • 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • އިމްތިހާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިހާން ހޯލަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމާއި އިމްތިހާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
  • އިމްތިހާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމް ބުކްކޮށް، އިމްތިހާނަށް ހޯލް ތައްޔާރު ކުރަންފެށުމުގެ ކުރިން އެތަންތަން އިމްތިހާނުގެ ބޭނުމަށް ލިބިފައިވާކަން ކަށަވަރު ކުރުން.
  • އިމްތިހާން ހޯލްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ އިމްތިހާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގާ އެކަން އެފަރާތުން ކުރިކަން ކަށަވަރުކުރުމާއި އިމްތިހާނަށް ދަރިވަރުން އައުމުގެ ކުރިން އިމްތިހާނަށް ބޭނުންވާ ތަކެތި އިމްތިހާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.
  • އިމްތިހާން އިންވިޖިލޭޓް ކުރުން.
  • އިމްތިހާނަށް ބޭނުންވާ ތަކެއްޗަށް ދުރާލާ އެދުމާއި އެތަކެތި ސްޓޮކުން ނެގުން.
  • ސްޓޮކްގައި އިމްތިހާނަށް ޚާއްސަ ކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.
  • އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އިމްތިހާނަށްފަހު ނައްތާލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތާލުން.
  • އިމްތިހާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭގޮތަށް ރައްކައުކުރެވިފައިވާކަން ކަށަވަރުކުރުން.
  • އިމްތިހާން ކަރުދާހުގައިވާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.
  • އައުޓް-ރީޗް ސެންޓަރުތަކުގައި އިމްތިޙާނު ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ދުރާލާ ރާވައިގެން ކުރުން. އަދި އަތޮޅު ކެމްޕަސްތަކުގައި އިމްތިހާނު ބޭއްވުމަށްޓަކައި އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުން.
  • އިމްތިޙާނު ހަދާ ކެމްޕަސް ބަދަލުކުރަން އެދޭ ދަރިވަރުންނަށް ޤަވާއިދުން އެކަން ހަމަޖައްސައިދިނުން.
  • ޔުނިވަރސިޓީގެ އެކަޑަމިކް ކަލަންޑަރުގައިވާ ކޮންމެ ޓާރމެއްގެ އިމްތިހާނު ނިމުމުން އެ އިމްތިހާނާއި ބެހޭ ތަފްސީލް ރިކޯޑް އެކުލަވާލާ، އިމްތިހާނު ކުރިޔަށް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިޙާނުތަކާއި ބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަޑައެޅިފައިވާ ސުންގަޑީގެ ކުރިން ކަމާ ބެހޭ ސެކްޝަނަށް ފޮނުވުން.
  • އެގްޒޭމިނޭޝަން ޑިޕާޓްމަންޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެތަކެތި އެފަރާތްތަކަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2026 ޖޫން 24 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR2026-107

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  •  ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
15 ޖޫން 2026
ހޯދާ