ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތާއިބެހޭ

              2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ ފަރާތުން މުޅިރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  މިމަހުގެ 19 ވާ ހުކުރު ދުވަހުގެ މެންދުރު 15:00 އިން ރޭގަނޑު 21:00 އަށެވެ. މިރަށުގައި މިމުބާރާތުގެ ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރަށު ޖެޓީ ސަރަހައްދުގައެވެ.

             ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރެއްވުމަށްފަހު 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ގއ.ނިލަންދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދިހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވާއިދު ގއ.ނިލަންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

             މިމުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ކައުންސިލް އޮފިސަރ ނަދީމް އަޙުމަދު (މޯބައިލް ނަމްބަރ 7782723) އާއި ގުޅުއްވުން އެދެމެވެ. މިމުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

   28  ޛުލްޙިއްޖާ   1447

14 ޖޫން 2026
ހޯދާ