އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ ސްޕެޝަލިސްޓް

މަޤާމް :ގްރެފިކް ޑިޒައިނަރ ސްޕެޝަލިސްޓް
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

28 ޛުލްޙައްޖު 1447

14 ޖޫން 2026

ނަންބަރު:

(IUL)123-HR/123/2026/71

 މަޤާމް:

ގްރެފިކް ޑިޒައިނަރ ސްޕެޝަލިސްޓް

 މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

 ވަޒީފާގެ ބާވަތް:

ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

 ސެކްޝަން:

މީޑިއާ އެންޑް ކްރިއޭޓިވް ސަރވިސަސް

 މުސާރަ:

-/15،570 (ފަނަރަ ހާސް ފަސް ސަތޭކަ ހަތްދިހަ ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/7،265 (ހަތް ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް ރުފިޔާ)

 އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/195 ރުފިޔާ

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ  އާއި އެހެނިހެން އިނާޔަތްތައް

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި  އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް

ގްރެފިކް ޑިޒައިން، ގްރެފިކްސް އެންޑް ޑިޖިޓަލް ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، ގްރެފިކް ޑިޒައިން އެންޑް ޓައިޕޯގްރަފީ، ގްރެފިކް ކޮމިއުނިކޭޝަން، ގްރެފިކް ކޮމިއުނިކޭޝަން ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިންގ، ގްރެފިކް އާޓްސް، ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން.

މަލްޓިމީޑިއާ ޑިޒައިން، މަލްޓިމީޑިއާ ޓެކްނޯލޮޖީ، މަލްޓިމީޑިއާ ޕަބްލިކް ރިލޭޝަންސް.

މީޑިއާ ޑިޒައިން، މީޑިއާ ކޮމިއުނިކޭޝަން، މީޑިއާ އެންޑް އާޓްސް ޓެކްނޮލޮޖީ، ޑިޖިޓަލް މީޑިއާ ޑިޒައިން، އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް، އިމަރޖިން މީޑިއާ.

ކޮމިއުނިކޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަން، ވިޝުއަލް ކޮމިއުނިކޭޝަން، އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން.

ޑިޒައިން، ޑިޖިޓަލް ޑިޒައިން، ވިޝުއަލް ޑިޒައިން، އެނިމޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން، އިންޓަރެކްޝަން އެންޑް އެކްޕީރިއަންސް ޑިޒައިން، ޑިޒައިން އެންޑް އެޑްވަޓައިޒިންގ، އިލްސްޓްރޭޝަން، ވިޝުއަލް އާރޓްސް، ވިޝުއަލް އިފެކްޓްސް، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، އެނިމޭޝަން، ޑިޖިޓަލް މާކެޓިންގ.

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ގްރެފިކް ޑިޒައިނިންގ ގެ މަސައްކަތް، މަލްޓިމީޑިއާގެ މަސައްކަތް، އޯޑިއާ ވީޑިއޯ ޓެކްނޮލޮޖީގެ މަސައްކަތް، ވިޝުއަލް އާރޓްސްގެ މަސައްކަތް، މީޑިއާ ކޮމިއުނިކޭޝަންގެ މަސައްކަތް.

މައިގަނޑު މަސައްކަތް:

  •  މީޑިއާ އެންޑް ކްރިއޭޓިވް ސާރވިސް ސެކްޝަން ހިންގާ ބެލެހެއްޓުން.
  • ކޮރަޕްޝަނާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލް ޑިޒައިންކުރުމާއި އިންފޯގްރެފިކްސް، ވީޑިއޯ ސްޕޮޓް ތައްޔާރުކުރުން.
  • ކޮރަޕްޝަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ޝާއިޢުކުރަންޖެހޭ ބަޔާންތައް ޝާއިޢުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން؛
  • ކޮމިޝަނުގެ ޕޮލިސީ ލެވެލްގެ ނިންމުންތަކާއި ސްޓްރެޓީޖިކް ނިންމުންތަކުގެ މުޢާމަލާތްތައް ކުރުމާއި ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ޝާއިޢުކުރަންޖެހޭ ބަޔާންތައް ޝާއިޢުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން؛
  • ކޮމިޝަނުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ މެޓީރިއަލްސް ޑިޒައިން ކޮންސެޕްޓް އެކުލަވާލައި އުފެއްދުމާއި ކޮމިޝަނުގެ ކަންކަމަށް ބޭނުންވާ ގްރެފިކްސް އާއި ވީޑިއޯ ތައްޔާރުކުރުމާއި ކޮމިޝަނުގެ ކަންކަމަށް ބޭނުންވާ ފޮޓޯގްރަފީގެ ކަންކަމާއި އިވެންޓްތައް ކަވަރުކޮށް އާކައިވް ކުރުމުގެ ކަންކަން ބެލެހެއްޓުން؛
  • ޢާއްމުން ކޮމިޝަނާ މެދު ދެކޭގޮތް ބަދަލުކުރުމައްޓަކައި މީޑިއާ މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުން.
  •  ކޮމިޝަނުން ނެރޭ ލިޔެކިޔުންތައް އަދި ފޮތްތައް ޑިޒައިންކޮށް ސްޓެޓިސްޓިކަލް ޑޭޓާ ބޭނުންކޮށްގެން އިންފޯގްރެފިކްސްއާއި، ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ވިޝުއަލްސް ޑިޒައިންކޮށް ތައްޔާރުކުރުން.
  •  ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ވީޑިއޯ، ޕޯސްޓަރ، ބެނަރފަދަ ތަކެތި ތައްޔާރުކުރުން.
  •  ކޮމިޝަނުން ބަހައްޓާ ސައިންބޯޑުތަކާއި އެހެނިހެން ބިލްބޯޑުތައް ޑިޒައިންކުރުން.
  • ކޮމިޝަނުން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކަށް/ޙަރަކާތްތަކަށް ބޭނުންވާ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓްތައް ތައްޔާރުކުރުމާއި އެފަދަ ތަކެއްޗަށް ބޭނުންވާ ގްރެފިކްސް އަދި އިންވިޓޭޝަން ކާޑާއި/ ބެނަރ/އާރޓްވޯރކް ތައްޔާރުކޮށް ޑިޒައިންކުރުން.
  • ކޮމިޝަނުގެ އެކި ބޭނުންތަކަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ކުރެހުންތައް (ސެޓްފިކެޓް/އިންޓީރިއަރ ލޭއައުޓް) ޑިޒައިންކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
  3. ޕްރްޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

 އެޕްލިކޭޝަން ސުންގަޑި:

21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

14 ޖޫން 2026
ހޯދާ