ދިވެހިރާއްޖެ
އަލްފާޟިލް ޙަސަން ޒިޔާން (އައި.ޑީ ކާޑު ނަންބަރު: A166808)، މއ. ޕިންކްހޯޕް، ކ. މާލެ، އަށް ދޫކޮށްފައިވާ ނަންބަރު: CMDA/2026/SA-08 ޝަރީޢާ އެޑްވައިޒަރުކަމުގެ ލައިސަންސްއާ ގުޅިފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް އަމްވާލް ރަޖިސްޓަރީ ނަންބަރު: SP25282025 އުވައިލައްވައިފައިވާ ކަމަށް އެ ފަރާތުން މި އޮތޯރިޓީއަށް އަންގައިފައިވާތީ، މިއީ ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ 37 ވަނަ މާއްދާގެ (ށ)ގެ (1) (ކ) ގައި ބުނާ ފަދަ ލައިސަންސުގެ ޝަރްޠުތަކާ ޚިލާފުވުން ފަދަ ހާލަތެއް ކަމުގައިވާތީ 31 މޭ 2026 ފެށިގެން މިއޮތޯރިޓީން ވަނީ ލައިސަންސް ބާޠިލްކޮށްފައެވެ. ބަޔާންވެ ދިޔަ ތާރީޚުގެ ފަހުން އޮތޯރިޓީގެ ރެޖިސްޓަރޑް ޝަރީޢާ އެޑްވައިޒަރުންގެ ލިސްޓުން، މި ފަރާތް އުނިކުރެވިފައިވާ ކަން ޢާންމުކޮށް އަންގައި އިޢްލާން ކުރަމެވެ.
މީގެ އިތުރުން، އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މާރކެޓުގައި ހަރަކާތްތެރިވަމުންދާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތު، އޮތޯރިޓީގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކުރެވިފައިވާ ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް، ޞަފުޙާގައި ހާމަކޮށްފައިވާނެއެވެ.
