ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލަށް ލަފާދޭ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ނަޑެއްލާ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާތައް:

  • ޞިއްޙީ
  • ތަޢުލީމީ
  • ދަނޑުވެރިކަން
  • މަސްވެރިކަން
  • ފަތުރުވެރިކަން
  • ވިޔަފާރި
  • ޔޫޓިލިޓީ
  • ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކޮށްދޭނެ ފަރާތެއް
  • ޢުމުރުން 65 އަހަރުންމަތީ ފަރާތެއް
  • ޒުވާނުންގެ ތެރެއިން
  • އަންހެން ކަނބަލެއް

 

ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުން.
  • ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުން.
  • ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.

ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން، އެފަރާތެއް ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ސިޓީއާއެކު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ދެންނެވީމެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

14 ޖޫން 2026
ހޯދާ