މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓްރީޓް ކްލީނަރ، ގްރޭޑް 1 (ކޮންޓްރެކްޓް)

 

އިޢުލާން

މަޤާމު:

ސްޓްރީޓް ކްލީނަރ، ގްރޭޑް 1

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

15 (ފަނަރަ)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް އުސޫލުން، (1 އަހަރު، 11 މަސް)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 1- ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ/ ރ. މާކުރަތު

މުސާރަ:

މަހަކު 7700.00 (ހަތްހާސް ހަތްސަތޭކަ) ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2310.00 (ދެހާސް ތިންސަތޭކަ ދިހައެއް) ރުފިޔާ

ޙާޟިރި ޢިނާޔަތް:

ޙާޟިރުވާ ދުވަހަކަށް 60.00 (ފަސްދޮޅަސް) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒިފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި މަގާމުގެ ހައިސިއްޔަތުން ކުރެވެންހުރި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން.
  3. ރަށުގެ ބަނދަރާއި ބަނދަރާ ގުޅިފައިވާ މަގުތައް އަދި ރަށުގެ މަގުތަކާއި، ޕާކްތަކާއި، އަދި މައިޒާންތަކާއި އިޖްތިމާޢީ ސަރަޙައްދުތަކުގެ ގޮތުގައި ހިމެނޭ ބިންތަކާއި މި ތަންތަނުގެ ވަށައިގެންވާ މަގުތައް ކުނިކަހައި ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. ކުނި އެއްކުރުމާއި، ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ކުނި ގެންދަންޖެހޭ ހާލަތުގައި ޢަމަލީ ގޮތުން އެ މަސައްކަތް ކުރުން
  5. ކުނިކަހާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރުމާއި، ޝެޑިއުލްކޮށްފައިވާ ގޮތަށް ކަނޑައަޅާފައިވާ މަގުތަކާއި ތަންތަނުގެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ތަރުތީބުން ކުރިއަށް ގެންދިއުން.
  6. ބޭނުންކުރާ ސާމާނުގެ ރޫޓިން މެއިންޓެނަންސް ކުރުމާއި، ބޭނުންކުރާ އިކުއިޕްމަންޓާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  7. އިޖްތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް އިދާރާއިން ފޯރުކޮށްދޭ ތަކެތި ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އެފަދަ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ކަމާބެހޭ ސެކްޝަނަށް އެންގުން.
  8. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ ޢިމާރާތްތަކާއި ބިންތައް ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  9. ރަށުގައި ހިންގާ ކުނި ނައްތާލުމުގެ ނިޒާމުގެ ތެރެއިން ކުނި ނެގުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާން އަންގާފިނަމަ އެކަމުގައި ބައިވެރިވެ ޢަމަލީ ގޮތުން މަސައްކަތް ކުރުން
  10. ކައުންސިލުން ރަށުތެރެ ސާފުކުރުމާއި ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ޢާންމު ތަންތަނާއި ވަލުތެރޭގައި ފެން ހަރުލާ މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުން
  11. ކައުންސިލުން ފާހަގަކުރާ އެކިއެކި މުނާސަބަތުތަކުގައި ފުރިހަމަޔަށް ބައިވެރިވެ އެކަންކަމަށް އެއްބާރުލުންދީ އެހީތެރިވުމާއި، ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރު ކޮށްދިނުން
  12. އިޖުތިމާޢީ ސަރަހައްދުތަކުގެ މަގުތަކުގެ ދެފަރާތުން މަގަށްވާގޮތަށް ހުންނަ ގަސްތަކުގެ އަފިތަކާއި ރުކުގެ ފަންތައް 10 ފޫޓަށް ވުރެ ތިރިނުވާނެ ގޮތަށް ކޮށުމާއި، ސާފުކޮށް ބެލެހެއްޓުން.
  13. ޤައުމީ އަދި ރައްޔިތުންގެ ފެންވަރުގައި ފާހަގަކުރަންޖެހޭ އެކިއެކި މުނާސަބަތުތަކާއި، އިޙްތިފާލްތަކާއި، މުބާރާތްތަކާއި، ޖަލްސާތަކާއި، ބައްދަލުވުންތަކާއި އަދި ޙަފްލާތަކާއި ގުޅިގެން އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމަށް ކައުންސިލުން އެދިއްޖެ ހިނދެއްގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން އެ ސަރަޙައްދެއް ކުނިކަހައި ވިނަނޮޅާ ސާފުކުރުން.
  14. އިޖުތިމާއީ ސަރަޙައްދުތަކަށް ޢާންމު ފަރުދުން ކުނި އަޅައި އަދި ކުނި އަންދާނަމަ އެކަން ކަމާބެހޭ ސެކްޝަނަށް އެންގުން.
  15. ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވެ އެހީތެރިވުން.
  16. ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  17. އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި އާއްމު ޕާކުތަކާއި މުނިފޫހި ފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ މަގުތައް ކުނިކަހާ ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުން
  18. މިސްކިތްތަކުގެ ގޯތިތެރެއާއި ވަށާއިގެންވާ މަގުތަކާއި ފާޚާނާބަރި އާއި ވުޟޫކުރާ އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުމަށް ހަވާލު ކުރެވޭ ހާލަތުގައި އެ މަސައްކަތް ކުރުން.
  19. ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހި ކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކައުންސިލަށް އެހީތެރިވެ ދިނުން
  20. އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަނުގެ ގޯތިތެރެއާއި ސަރަހައްދުތަކުގެ ގަސްތައް ކޮށާ، ކުނިކަހާ ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން
  21. ރަށުގެ މަގުތަކުގައި އުފެދޭ ވަޅުގަނޑުތަކަށް ފަސްއަޅާ ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫނުވާނެހެން އެއްވަރުކޮށް ބެލެހެއްޓުމާއި، މަގުގައި ހިނގާބިގާވެ އުޅުމަށާއި، ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް މަގުގައި ހުންނަ ނުވަތަ މަގަށްވާ ގޮތަށް ހުންނަ ގަސްތައް ކޮށައި ބެލެހެއްޓުން
  22. މަގުމަތި ކުނިކަހާ ސާފުކުރުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބަލަހައްޓައި އަތިރިމައްޗާއި އާއްމު އިޖުތިމާއީ ސަރަހައްދުތައް ވިނަ ނޮޅާ ކުނިކަހައި ސާފުކުރުން
  23. ކައުންސިލުން އެއްތަނުން އަނެއްތަނަށް އުފަލަންޖެހޭ ތަކެތި އުފުލުމާއި، ގުދަން ކުރަންޖެހޭ ތަކެތި ގުދަން ކުރުމުގައި އެހީތެރިވުން
  24. ކައުންސިލުން އެދިއްޖެ ހާލަތެއްގައި ސިވިލްސާރވިސްގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އިދާރާގެ އެހެނިހެން ކަންކަމުގައި އެހީތެރިވުން.
  25.  މީގެ އިތުރުން ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ކަނޑައަޅާ އުސޫލަކާއި އެއްގޮތަށް މަސައްކަތް ކުރުން
  26. ޤުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އިދާރާއިން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތަކު ކުރަންޖެހޭ ކަންކަން ކުރުމާއި، ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
  27. މަސައްކަތުގެ ވަގުތު ތަކުގައި ކައުންސިލުން ކަނޑައަޅާފައިވާ ޔުނީފޯމް (ޓީޝާޓު ނުވަތަ ޖެކެޓް) ލައިގެން ތިބުމާއި ސްޓާފުކާޑު އަޅައިގެން އުޅުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން، ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް  ބަލައިގެންނެވެ. ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5.   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6.   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން - %50
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު-
  3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  4. އިންޓަވިއު %40

ނޯޓު: މި މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70 (ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް މެދުވެރިކޯށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަންޖެހުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓު ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނި 25 ޖޫން 2026 އާއި 05 ޖުލައި 2026 އާ ދެމެދު، ރ. މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ. އިންޓަވިއު އަށް ހާޟިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584030 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 ޛުލްޙިއްޖާ 1447

14 ޖޫން 2026
ހޯދާ