ދިވެހިރާއްޖެ
ނަންބަރު: (IUL)303-ISS/303/2026/24
އިއުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކައިރިން ކުރީގެ ވެސްޓްބީޗް ރެސްޓޯރަންޓް ބުލޮކް ހިމެނޭ ސަރަޙައްދުގައި ހުރި ޢިމާރާތްތަކުގެ ތެރެއިން 9 ޢިމާރާތް ބިޑު އުޞޫލުން 1 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން
ސުރުހީގައި ދެންނެވިފައިވާ 09 އިމާރާތް ބިޑް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 2026 ޖޫން 15 ން ފެށިގެން 2026 ޖޫން 25 ގެ ނިޔަލަށް ބިޑް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާ އަށެވެ. ބިޑް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ގަތުމަށް ދައްކަންޖެހޭ ފައިސާ ޖަމާކުރައްވާނީ މިއިދާރާގެ ނަންބަރު 7717700465001 1344 ރެވެނިއު 01 އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރެއްވި ސްލިޕް 9424231 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ބިޑް ގަންނަ ފަރާތުގެ ނަމާއި އެޑްރެސް ޖެއްސެވުން އެދެމެވެ.
ބިޑް ބައްލަވައިގެންނެވި ފަރާތްތަކާއެކު މިއިދާރާއިން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގ އަށް ވަޑައިގެންނެވެން ނެތް ފަދަ ހާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެ ސްޓޭމްޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ 2026 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްކަށް މިފުރުޞަތު ހުޅުވާލިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ޢިމާރާތް ދޫކުރާ ސަރަޙައްދު ޗާޓް އެޓޭޗްކުރެވިފައިވާނެއެވެ.
14 ޖޫން 2026
