އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މަންދޫއިން ދޫކޮށްފައިވާ ދަނޑުބިންތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބެހޭ

24 އޮގަސްޓް 2021 ގައި ބޭއްވި އދ. މަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 12 ވަނަ ޢާންމު ޖަލްސާއިން ދަނޑުބިންތަކުގެ މުއްދަތު 05 އަހަރު ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާތީ، އެމުއްދަތު 31 ޑިސެންބަރު 2026 އަށް ހަމަވެއެވެ. އަދި 12 އޭޕްރީލް 2023 ގައި ބޭއްވި މިކައުންސިލުގެ 04 ވަނަ ދައުރުގެ 46 ވަނަ ޢާންމު ޖަލްސާއިންވަނީ، މީގެ ކުރިންވެސް ދަނޑުބިންތަކުން ކުލި ނަގަމުން އައި ޢުސޫލުން ކުލި ނެގުމަށް ނިންމާފައެވެ. އިސްވެ ދެންނެވުނު ނިންމުންތަކަށް ރިޢާޔަތްކޮށް 10 ޖޫން 2026 ގައި ބޭއްވި މިކައުންސިލުގެ 05 ވަނަ ދައުރުގެ 04 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވަނީ ދަނޑުބިންތަކުގެ މުއްދަތު 01 ޖަނަވަރީ 2027 އިން ފެށިގެން އިތުރު 05 އަހަރު ދުވަހަށް އިތުރުކުރުމަށާއި 01 ޖުލައި 2026 އިން ފެށިގެން ކޮންމެ ދަނޑުބިމަކުން ކުލީގެ ގޮތުގައި -/200ރ (ދުއިސައްތަ ރުފިޔާ) ނެގުމަށެވެ. އެހެންކަމުން ކައުންސިލްގެ ނިންމުންތަކާއި އެއްގޮތަށް އަލުން ދަނޑުބިންތަކުގެ އެއްބަސްވުން އެކުލަވާލައި ހުރިހާ ދަނޑުވެރިން ސޮއިކުރުން 28 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

              ވީމާ، ދަނޑުބިމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްދެއްވުމަށް، އދ. މަންދޫ ކައުންސިލުން ދޫކޮށްފައިވާ ދަނޑުބިންތަކުގެ ދަނޑުވެރިން 28 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އދ. މަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

 

11 ޖޫން 2026
ހޯދާ