ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2026/22
އިޢުލާން
ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިއުމާއި ގުޅޭ
ރ. އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އުނގޫފާރު ޕޮލިސްޓޭޝަން ގުޅިގެން 2026 ޖުލައި 01 ން 2026 ޖުލައި 30 ގެ ނިޔަލަށް 1 މަސް ދުވަހުގެ މުއްދަތަށް ކަސްރަތު ޕްރޮގުރާމަކާއި ސްވިމިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމަކީ 16 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން މިކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަންހެން އިންސްޓްރަކްޓަރެއްގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ވިމާ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ކައުންސިލަށް ހުށައެޅުން އެދެމެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމް އުނގޫފާރު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިލައްވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.
