މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ތަރިކަވެރިން ތަމްރީނުކުރުމުގެ ކޯސް "

އިޢުލާން

 

" ތަރިކަވެރިން ތަމްރީނުކުރުމުގެ ކޯސް "

 ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރިއަށްގެންދާ ތަރިކަވެރިން ތަމްރީނުކުރުމުގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 މި ކޯހުގެ ބައިވެރިވާ ފަރާތްތަކުގެ މެދުގައި ތަރިކައިގެ ކޮމިއުނިޓީއެއް އުފެއްދުމަށްޓަކައި، ކޮންމެ ރަށެއްގެ ތަރިކަވެރިން އިސްވެތިއްބަވައިގެން ހިންގާ ގޮތަށް "ފޭސްބުކް" ގުރޫޕެއް މިހާރުވަނީ ހަދާފައެވެ.

  ކޮންމެ ރަށަކުންވެސް ތަރިކަވެރިންގެ ގޮތުގައި ތަމްރީނުވާން ބޭނުންވާ ފަރާތްތަކުން އެބޭފުޅެއްގެ ނަން މިއިދާރާއަށް އީމެއިލް [email protected] މެދުވެރިކޮށް ފޮނުވައި ދެއްވުން އެދެމެވެ.

   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2026
ހޯދާ