ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫ ކައުންސިލުގެ އިދާރާއަށް 100 މަގުބައްތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް 50ވޯޓުގެ 100 މަގުބައްތި  ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2026ވާ ބުދަ  ދުވަހުގެ 13:30ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނޭކުރެންދޫ ކައުންސިލަށް 100 މަގުބައްތި ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 24ޖޫން 2026 ވާ ބުދަ  ދުވަހުގެ 13:30ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު:

-މިއިދާރާއަށް ބޭނުންވަނީ 50ވޯޓުގެ (ހުދު އަލި) 100 މަގުބައްތިއެވެ. (50W LED STREET LIGHT, WHITE)

-މި ބައްތިތަކާއެކު ބައްތިދަނޑި ފޯރުކޮށްދޭކަށް ނުޖެހޭނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520714

އީމެއިލް: [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ޖޫން 2026
ހޯދާ