ދިވެހިރާއްޖެ
އިޢުލާން
ކައުންސިލަށް ލަފާދޭ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލްގެ ނިންމުންތައް ނިންމުމުގައި ކައުންސިލަށް ބޭނުންވާ ފަންނީ އަދި އިޖުތިމާޢީ ލަފާދޭނެ "ކައުންސިލަށް ލަފާދޭ ކޮމެޓީ" އެކުލަވާލުމަށް މި ކައުންސިލުން ބޭނުންވެއެވެ .މި ކޮމެޓީ އެކުލަވާލުމުގައި، އާންމު ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ރައްޔިތުންގެ ތެރެއިން 4 މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ.
ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުން.
- ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުން.
- ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.
ވީމާ، މި ކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިކައުންސިލްގެ "އެކި އެކި ކަންކަމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ،މިކަން އާންމުކޮށް އެއްގުމަށްޓަކައި އިޢުލާނު ކުރީމެވެ.
25 ޛުލްޙިއްޖާ 1447ހ
