ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުރު ވީޑިއޯ ހެދުމުގެ މުބާރާތުގެ ސުންގަޑި އިތުރުކުރުން
ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވީޑިއޯ ހެދުމުގެ މުބާރާތަށް ވީޑިއޯ ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށް އެކަން އަންގާ އިއުލާންކުރަމެވެ.
މި މުބާރާތަށް ވީޑިއޯ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އަދި ތައްޔާރުކޮށްފައިވާ ވީޑިއޯ، 2026 ޖޫން 16 ވާ އަންގާރަ ދުވަހުގެ 23:00 ގެ ނިޔަލަށް މި ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތަށް ހުށަހަޅާ ވީޑިއޯގައި ހުންނަންވާނެ މިންގަނޑުތަކާއި އިތުރު މައުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
11 ޖޫން 2026
