ދިވެހިރާއްޖެ
|
މި އުސޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ ބަޖެޓުގައި ކުލަބުތަކާއި ޖަމުޢިއްޔާތަކަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މާލީ އަދި އެނޫންވެސް އެހީތެރިކަން ދިނުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލުގެ މައިގަނޑު ބޭނުމަކީ ކަނޑައެޅިފައިވާ ދާއިރާތަކުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ބަލާނެ މިންގަނޑުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް ސާފުކޮށް ބަޔާންކުރުމެވެ |
1 |
ތަޢާރަފު |
||||||||||||||||||||||
|
މީގެ އިތުރުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ސިފަތަކާއި، އެހީ ދޭނެ ފަރާތްތައް ހޮވުމުގައި ގެންގުޅޭނެ އުސޫލުތަކާއި، އެހީގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު މި އުސޫލުގައި ހިމެނެއެވެ. އަދި އެހީ ލިބޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި، ފައިސާ ބޭނުންކުރަނީ ކަނޑައެޅިފައިވާ މަގުސަދުގައި ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމަށް އަޅާނެ ފިޔަވަޅުތައްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
|
|
|
||||||||||||||||||||||
|
މި އުސޫލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ވ) އަށް ރިޢާޔަތްކޮށް އޭގެ ދަށުން ލިބިދޭ ބާރާއި މަސްއޫލިއްޔަތުގެ ދަށުން، ކްލަބް، ޖަމްއިއްޔާ، ޖަމާއަތްތަކާއި، އާންމު ފަރުދުންގެ ގްރޫޕްތަކުގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށް ފެންނަ، ޒިންމާދާރު އަދި އާންމުންނަށް ފައިދާހުރި ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލުގެ މަގުސަދަކީ ކައުންސިލުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ މުޖުތަމައަށް ފައިދާހުރި، ރަށުގެ ތަރައްގީއަށް ބާރުއަޅާ، އާންމުންގެ ބައިވެރިވުން އިތުރުކުރާ، މުޖުތަމައުގެ މަސްލަހަތު ހިމާޔަތްކުރާ އަދި ދައުލަތުގެ ފައިސާ ޒިންމާދާރު ގޮތެއްގައި ބޭނުންކުރެވޭކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން ދެވޭ އެހީއެއްކަން ކަށަވަރުކުރުމެވެ.
|
2 |
މަޤުޞަދު |
||||||||||||||||||||||
|
މި އުސޫލުގައި، އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު |
3 |
މާނަކުރުން |
||||||||||||||||||||||
|
"އެހީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއި، ތަކެތީގެ އެހީއާއި، ފަންނީ އެހީތެރިކަމާއި ނުވަތަ އެނޫންވެސް އެހީތެރިކަމުގެ ބާވަތްތަކަށެވެ.
|
3.1 |
|
|
|||||||||||||||||||||
|
"ކްލަބް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ގްރޫޕްތަކާއި، ކްލަބްތަކާއި، ކުޅިވަރު ކްލަބްތަކާއި، ޒުވާނުންގެ ކްލަބްތަކާއި ނުވަތަ މުޖުތަމައުގެ ގްރޫޕްތަކަށެވެ.
|
3.2 |
|
|
|||||||||||||||||||||
|
"ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްއިއްޔާތަކާއި، މަދަނީ ޖަމާއަތްތަކާއި، މުޖުތަމައަށް ނިސްބަތްވާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި ނުވަތަ ގާނޫނީ ގޮތުން ބަލައިގަނެވޭ އެހެނިހެން އިދާރާތަކަށެވެ.
|
3.3 |
|
|
|||||||||||||||||||||
|
"އެހީއަށް އެދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ކޮންމެ ކްލަބެއް، ޖަމްއިއްޔާއެއް، ޖަމާއަތެއް ނުވަތަ ފަރާތަކަށެވެ.
|
3.4 |
|
|
|||||||||||||||||||||
|
"އެހީ ލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން އެހީ ދިނުމަށް ހޮވޭ ފަރާތްތަކަށެވެ. |
3.5 |
|
|
|||||||||||||||||||||
|
"މުޖުތަމައަށް ކުރާ ފައިދާ" ކަމަށް ބުނެފައި އެވަނީ، ރަށުގެ މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބަޔަކަށް އިޖުތިމާއީ، ތިމާވެށީގެ، ސަގާފީ، ތައުލީމީ، ސިއްހީ، އިގްތިސާދީ ނުވަތަ ތަރައްގީގެ ގޮތުން ލިބިދޭ ކުރިއެރުމަށެވެ.
|
3.6 |
|
|
|||||||||||||||||||||
|
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި އުސޫލު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އޮތް މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލަށެވެ.
|
3.7 |
|
|
|||||||||||||||||||||
|
"އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާސްކޮށްފައިވާ ދާއިރާތަކަށެވެ. |
3.8 |
|
|
|||||||||||||||||||||
|
މި އުސޫލަށް ޢަމަލުކުރަން ފަށާނީ ހިތާދޫ ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެންނެވެ.
|
4 |
ޢަމަލު ކުރަން ފަށާ ތާރީޚް |
||||||||||||||||||||||
|
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ،ދިވެހި ރާއްޖޭގައި ކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީކުރެވި އުސޫލުން ހިންގަމުން ގެންދާ މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ހަރަކާތްތެރިވާ އަދި މި އުސޫލުގައި ކަނޑައަޅާފައިވާ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކަށް ފެތޭ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގެ ކްލަބް، ޖަމްއިއްޔާ، ޖަމާއަތް، މުޖުތަމައަށް ނިސްބަތްވާ ގްރޫޕްތައް އަދި ގުޅިގެން ހުށަހަޅާ ފަރާތްތަކަށެވެ.
|
5 |
އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތައް |
||||||||||||||||||||||
|
އިންސާފުވެރިކަމާއެކު އަދި ހަރުދަނާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެހީއަށް އެދޭ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތަށާއި، މަޤުޞަދުތަކަށާއި، ހިންގުމުގެ އޮނިގަނޑަށާއި، މުޖުތަމައުގެ ލާބައަށް އަދާކުރާ ދައުރަށާއި، އަދި ހުށަހަޅާ ހަރަކާތް ތަންފީޒުކުރުމުގެ ގާބިލުކަމަށް ބަލައި އެ ފަރާތްތައް ގިންތިކުރެވިދާނެއެވެ. އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތަކުގެ ގިންތިތައް މި މާއްދާގެ ދަށުން ގިންތިކުރެވިފައި ވާނެއެވެ.
|
6 |
އެހީއަށް އެދޭ ފަރާތްތައް ގިންތިކުރުން |
||||||||||||||||||||||
|
އިޖުތިމާއީ ކުލަބުތަކަކީ އިޖުތިމާއީ ދުޅަހެޔޮކަމާއި، މުޖުތަމައު ތަރައްގީކުރުމާއި، އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ސަގާފަތް ދެމެހެއްޓުން ނުވަތަ މުޖުތަމައަށް ފައިދާހުރި އެހެނިހެން ހަރަކާތްތަކުގައި މަސައްކަތްކުރާ ކްލަބުތަކެވެ.
|
6.1 |
އިޖުތިމާއީ ކްލަބްތައް |
|
|
||||||||||||||||||||
|
ކުޅިވަރު ކުލަބުތަކަކީ ކުޅިވަރު ކުރިއެރުވުމާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މުޖުތަމައުގެ ކުޅިވަރު މުބާރާތްތައް ބޭއްވުން ނުވަތަ އާންމު ސިއްހަތާއި މުޖުތަމައުގެ ބައިވެރިވުމަށް ބާރުއަޅާ އެހެނިހެން ހަރަކާތްތަކުގައި މަސައްކަތްކުރާ ކްލަބްތަކެވެ.
|
6.2 |
ކުޅިވަރު ކްލަބްތައް |
|
|
||||||||||||||||||||
|
ޒުވާނުންގެ ކްލަބުތަކަކީ ޒުވާނުން ބިނާކުރުމާއި، ތަޢުލީމާއި، ހުނަރު ތަރައްގީކުރުމާއި، ލީޑަރޝިޕާއި، ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަދަނީ ހަރަކާތްތަކާއި، ތިމާވެށީގެ މަސައްކަތްތަކާއި، އިޖުތިމާއީ ތަރައްގީ ނުވަތަ މުޖުތަމައަށް ހިދުމަތްކުރުމުގައި ހަރަކާތްތެރިވާ ކްލަބްތަކެވެ.
|
6.3 |
ޒުވާނުންގެ ކްލަބްތައް |
|
|
||||||||||||||||||||
|
ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ، އަދި މި އުސޫލުގެ މަޤުޞަދުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާ އެއްގޮތަށް ހަރަކާތްތައް ހިންގާ ޖަމްއިއްޔާތަކެވެ.
|
6.4 |
ޖަމްއިއްޔާތައް |
|
|
||||||||||||||||||||
|
އިޖުތިމާއީ ތަރައްގީއާއި، ތިމާވެށި ހިމާޔަތްކުރުމާއި، ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމާއި، ތާރީޚީ ތަންތަނާއި ތަކެތި ބެލެހެއްޓުމާއި، ތަޢުލީމާއި، ސިއްޙަތާއި، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ތަރައްގީކުރުމާއި، ވަކާލާތުކުރުން ނުވަތަ މުޖުތަމައަށް ފައިދާހުރި އެހެނިހެން ހަރަކާތްތަކުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކެވެ.
|
6.5 |
ޖަމްއިއްޔާ ޖަމާއަތްތަކާއި މަދަނީ ޖަމްއިއްޔާތައް (NGOs and CSOs) |
|
|
||||||||||||||||||||
|
ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އުފެދިފައިވާ، ރަށު ފެންވަރުގައި މުޖުތަމައުގެ ބޭނުންތަކަށް ހައްލު ހޯދުމަށާއި، އާންމު ލާބައަށް މަސައްކަތްކުރުމަށް ނުވަތަ ރަށުގެ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމާއަތްތަކެވެ.
|
6.6 |
މުޖުތަމައަށް ނިސްބަތްވާ ޖަމާއަތްތައް (CBOs) |
|
|
||||||||||||||||||||
|
ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އުފެދިފައިވާ، ރަށު ފެންވަރުގައި މުޖުތަމައުގެ ބޭނުންތަކަށް ހައްލު ހޯދުމަށާއި، އާންމު ލާބައަށް މަސައްކަތްކުރުމަށް ނުވަތަ ރަށުގެ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމާއަތްތަކެވެ.
|
6.7 |
ގުޅިގެން ހުށަހަޅާ ފަރާތްތައް / ކޮންސޯޝިއަމްތައް |
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތަށާއި، މަޤުޞަދުތަކަށާއި، ހިންގުމުގެ އޮނިގަނޑަށާއި، މުޖުތަމައުގެ ލާބައަށް އަދާކުރާ ދައުރަށާއި، ކުރިން ކޮށްފައިވާ މަސައްކަތްތަކަށާއި (ބެލޭނެ ހާލަތްތަކުގައި) ، އަދި ހުށަހަޅާ ހަރަކާތް ތަންފީޒުކުރުމުގެ ޤާބިލުކަމަށް ބަލައި، އެ ފަރާތްތައް ގިންތިކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
6.8 |
ކައުންސިލްގެ އިޚުތިޔާރު |
|
|
||||||||||||||||||||
|
މި އުސޫލުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލުން ކަނޑައަޅާފައިވާ ދާއިރާތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މި އުސޫލުގެ ބޭނުމަށްޓަކައި، ކޮންމެ ދާއިރާއެއް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.
|
|
|
7 |
އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައް |
||||||||||||||||||||
|
ތަޢުލީމީ ދާއިރާގެ ތެރޭގައި ހިމެނެނީ އުނގެނުމާއި، ތަޢުލީމީ ކުރިއެރުމާއި، ދަރިވަރުންގެ ކާމިޔާބީއާއި، ލިޔަންކިޔަން ދަތުމާއި، ތަޢުލީމީ ހޭލުންތެރިކަމާއި، ހުނަރު ތަރައްޤީކުރުމާއި، އަދި މުޖުތަމަޢުގެ ތަޢުލީމީ ކުރިއެރުމަށް މަގުފަހިކޮށްދޭ އެހެނިހެން ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.1 |
ތަޢުލީމީ ދާއިރާ |
|
|
||||||||||||||||||||
|
ދީނީ ހޭލުންތެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީން ހިންގުމުގެ ހުއްދަދެވިފައިވާ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ތަޢުލީމާއި، އަޚްލާޤީ ތަރުބިއްޔަތާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގާ ދީނީ ޕްރޮގްރާމްތަކާއި، އިސްލާމީ އުނގެނުމުގެ ހަރަކާތްތަކާއި، އަދި މުޖުތަމަޢުގެ ތެރޭގައި ދީނީ ވިސްނުމާއި އަޤީދާ ވަރުގަދަކުރުމަށް ހިންގޭ އެހެނިހެން ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.2 |
ދީނީ ހޭލުންތެރިކަމުގެ ދާއިރާ |
|
|
||||||||||||||||||||
|
ކުޅިވަރުގެ ދާއިރާގެ ތެރޭގައި ހިމެނެނީ ކުޅިވަރު ކުރިއެރުވުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތަކާއި، ޒުވާނުންގެ ބައިވެރިވުމާއި، ކުޅިވަރު މުބާރާތްތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ކޯޗިންގް އަދި ކުޅިވަރާ ގުޅުންހުރި މުޖުތަމަޢުގެ އެހެނިހެން ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.3 |
ކުޅިވަރުގެ ދާއިރާ |
|
|
||||||||||||||||||||
|
އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނެނީ މަޢުލޫމާތާއި، ހުނަރާއި، ލީޑަރޝިޕާއި، ވަޒީފާގެ ފުރުޞަތުތަކަށް ތައްޔާރުވުމާއި، ފަންނީ ޤާބިލުކަމާއި، ވިޔަފާރިވެރިކަމާއި، ފަންނީ ކުރިއެރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އެހެނިހެން ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.4 |
އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާ |
|
|
||||||||||||||||||||
|
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނެނީ އަންހެނުންގެ އިޖުތިމާޢީ، އިޤްތިޞާދީ، ތަޢުލީމީ، ފަންނީ، ޞިއްޙީ، ލީޑަރޝިޕް، ރައްކާތެރިކަން އަދި މަދަނީ ބައިވެރިވުމަށް އެހީތެރިވެދޭ ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.5 |
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާ |
|
|
||||||||||||||||||||
|
އިޖުތިމާޢީ ދާއިރާގެ ތެރޭގައި ހިމެނެނީ އިޖުތިމާޢީ ފުދުންތެރިކަމާއި، މުޖުތަމަޢުގެ ލާބައާއި، އެންމެންގެ ބައިވެރިވުމާއި، އާންމު ޞިއްޙަތަށް ހޭލުންތެރިކުރުމާއި، ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށް އެހީތެރިވުމާއި، އާއިލީ އަދި މުޖުތަމަޢުގެ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމާއި، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމާއި، ޒުވާނުންގެ ލާބައާއި، އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭ އެހެނިހެން ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.
|
7.6 |
އިޖުތިމާޢީ ދާއިރާ |
|
|
||||||||||||||||||||
|
ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނެނީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމާއި، ރަނގަޅުކުރުމާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް އެހީތެރިވެދޭ ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ. މީގެ ތެރޭގައި ކުނި މަދުކުރުމާއި، ތަޣައްޔަރުވުން ހުއްޓުވުމާއި، ތިމާވެށީގެ ހޭލުންތެރިކަމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހޭލުންތެރިކަމާއި، ގަސް އިންދުމާއި، ރަށް ސާފުކުރުމުގެ ހަރަކާތްތަކާއި، އަދި ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ އެހެނިހެން ހަރަކާތްތަކެވެ.
|
7.7 |
ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ |
|
|
||||||||||||||||||||
|
ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނެނީ ދިރޭ ތަބީޢީ ވަސީލަތްތައް ރައްކާތެރިކުރުމާއި، އިއާދަކުރުމާއި، ދެމެހެއްޓުމާއި، އަދި މުއްސަނދިކުރުމަށް އެހީތެރިވެދޭ ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ.މީގެ ތެރޭގައި ގަސްގަހާގެއްސާއި ރުއްތައް ހިމާޔަތްކުރުމާއި، ރާއްޖޭގެ އަމިއްލަ ފްލޯރާ (ގަސްގަހާގެހި) އިންދުމާއި، ދޫނިސޫފާސޫފި އާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، ފަރުތައް އާލާކުރުމާއި، ކުޅިފާ އަލުން ދިރުވުމާއި، ދިރުންތަކުގެ މާހައުލު އިއާދަކުރުމާއި، ދިރުންތަކުގެ މުއްސަނދިކަމަށް ހޭލުންތެރިކުރުވުމާއި، އަދި މުޖުތަމައު އިސްވެގެން ހިންގާ ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތްތެވެ.
|
7.8 |
ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ ދާއިރާ |
|
|
||||||||||||||||||||
|
ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމުގެ ދާއިރާގައި ހިމެނޭނީ ރަށުގެ ތާރީޚާއި، ތަރިކަ (ހެރިޓޭޖް) އާއި، އިހުގެ އާދަކާދަތަކާއި، އަދި ސަގާފީ އައިޑެންޓިޓީ ލިޔެކިޔުމުން ބެލެހެއްޓުމާއި، ރައްކާތެރިކުރުމާއި، ދެމެހެއްޓުމާއި، އަދި ކުރިއެރުވުމަށް އެހީތެރިވެދޭ ހަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، އިސްނެގުންތަކެވެ. މީގެ ތެރޭގައި ދުލުން ކިޔައިދެވޭ ތާރީޚުތައް ލިޔެކިޔުމަށް ތިރިކުރުމާއި، ދޮށީ އުމުރުގެ މީހުންގެ ވާހަކަތައް ރެކޯޑުކުރުމާއި، ރަށުގެ ތަންތަނަށް ކިޔާ އިހުގެ ނަންތައް ރައްކާތެރިކުރުމާއި، ސަގާފީ މަސައްކަތްތެރިކަން ލިޔެކިޔުމުން ބެލެހެއްޓުމާއި، ތާރީޚީ ފޮޓޯއާއި ރެކޯޑުތައް އެއްކުރުމާއި، ސަގާފީ އާދަކާދަތައް ދެމެހެއްޓުމާއި، އަދި މުޖުތަމައުގެ އަރުޝީފެއް (އާކައިވް) އުފެއްދުމާއި މިދާއިރާގެ އެހެނިހެން ކަންކަމެވެ.
|
7.9 |
ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމުގެ ދާއިރާ |
|
|
||||||||||||||||||||
|
މި އުސޫލުގެ ދަށުން ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، އެއިން ކޮންމެ ދާއިރާއަކަށް އެހީ ދެވޭނެ އެންމެ މަތީ މިންވަރުތައް މި މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ .މި އުސޫލުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ، ކައުންސިލްގެ އަހަރީ ބަޖެޓުގައި އެކަމަށް ފައިސާ ކަނޑައެޅިފައި ހުރުމާއެކު، އެހީއަށް އެދޭ ފަރާތުގެ ޝަރުޠު ހަމަވުމާއި، ހުށަހަޅާފައިވާ ހުށަހެޅުން ފުރިހަމަވުމާއި، ކުރިއަށްގެންދަން ގަސްތުކުރާ ޙަރަކާތަކީ ކަނޑައެޅިފައިވާ ދާއިރާއާ ގުޅުންހުރި ޙަރަކާތަކަށްވުމާއި، އަދި އެ ޙަރަކާތުގެ ސަބަބުން ހިތާދޫއަށާއި ހިތާދޫގެ މުޖުތަމަޢަށް ފައިދާކުރާނެ މިންވަރަށް ބެލުމަށްފަހުގައެވެ.
|
8 |
އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުގެ އިންތައް |
||||||||||||||||||||||
|
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ދިނުމަށް ފާސްކުރާ ހާލަތްތަކުގައި، އެ ފައިސާ ޖަމާކުރެވޭނީ އެހީ ދިނުމަށް ކައުންސިލުން ނިންމާ ކްލަބް، ޖަމުޢިއްޔާ، ޖަމާޢަތް ނުވަތަ ޝަރުޠު ހަމަވާ ފަރާތުގެ ރަސްމީ ބޭންކް އެކައުންޓަށެވެ. އެހީ ލިބޭ ފަރާތަކީ އެހީ ލިބުމަށް ޤާނޫނީގޮތުން ހުރަހެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، އެހީގެ ބޭނުން އެދެވޭ ގޮތުގައި ހިފާކަން ޔަޤީންކުރުމަށްޓަކައި، އެކައުންޓްގެ މަޢުލޫމާތާއި، ރަޖިސްޓްރީގެ ކޮޕީއާއި، ހުއްދަދޭ ލިޔުންތައް ނުވަތަ އެނޫންވެސް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް ކައުންސިލުން އެދިދާނެއެވެ.
|
8.1 |
ފައިސާ ދޫކުރާނެ ގޮތް |
|
|
||||||||||||||||||||
|
ތައުލީމީ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީ ދެވޭނީ 4 ހަރަކާތަށެވެ މިގޮތުން ހުއްދަދެވޭ 4 ހަރަކާތަކީ ތަފާތު 4 ފަރާތަކުން ހިންގާ ހަރަކާތްތަކަށް ވާންޖެހޭނެއެވެ. ހުއްދަދެވޭ ކޮންމެ ހަރަކާތަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 5,000 (ފަސްހާސް) ރުފިޔާއެވެ.
|
8.2 |
ތަޢުލީމީ ދާއިރާއިން ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
ދީނި ދީނީ ހޭލުންތެރިކަމުގެ ދާއިރާ ދަށުން އެހީ ދޫކުރެވޭނީ ތިރީގައިވާ ދެ ބަޔަށް ބަހާލައިގެންނެވެ. |
8.3 |
ދީނީ ހޭލުންތެރިކަމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
މިދާއިރާގެ ހަރަކާތްތަކުގެ ގޮތުގައި ބެލެވޭނީ ޤުރުއާން މުބާރާތް، މަދަހަ މުބާރާތް ފަދަ ކަންކަމަށެވެ. މިދާއިރާއިން ގިނަވެގެން އެހީދެވޭނީ އަހަރަކު އެއްފަހަރު 4 ފަރާތަކަށެވެ. މިދާއިރާއިން ކޮންމެ ފަރާތަކަ ދޫކުރެވޭނީ 10،000 ރުފިޔާއެވެ.
|
8.3.1 |
ދީނީ މުބާރާތްތައް |
|
|
|
|
||||||||||||||||||
|
މި ދާއިރާގެ ހަރަކާތްތަކުގެ ގޮތުގައި ބެލެވޭނީ ދީނީ ދަރުސް ދިނުން، ދީނީ ހޭލުންތެރި ޕްރޮގުރާމްތައް، ދީނީ ޝިއާރު އާންމު ކުރުން ފަދަ ކަންކަމެވެ. މިދާއިރާއިން ގިނަވެގެން އެހީދެވޭނީ އަހަރަކު އެއްފަހަރު 4 ފަރާތަކަށެވެ. މިދާއިރާއިން ކޮންމެ ފަރާތަކަ ދޫކުރެވޭނީ (ފަސްހާސް) 5،000 ރުފިޔާއެވެ.
|
8.3.2 |
ދީނީ ހޭލުން ތެރިކަން އިތުރު ކުރުން |
|
|
|
|
||||||||||||||||||
|
ކުޅިވަރުގެ ދާއިރާގެ ދަށުން އެހީ ދޫކުރެވޭނީ ތިރީގައިވާ ދެ ބަޔަށް ބަހާލައިގެންނެވެ.
|
8.4 |
ކުޅިވަރުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމަށް އަހަރަކު ގިނަވެގެން އެހީ ދެވޭނީ 4 ހަރަކާތަށެވެ. މިގޮތުން ހުއްދަދެވޭ 4 ހަރަކާތަކީ ތަފާތު 4 ފަރާތަކުން ހިންގާ ހަރަކާތްތަކަށް ވާންޖެހޭނެއެވެ. ހުއްދަދެވޭ ކޮންމެ ހަރަކާތަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 15,000 (ފަނަރަހާސް) ރުފިޔާއެވެ.
|
8.4.1 |
ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުން |
|
|
|
|
||||||||||||||||||
|
ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް، ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް އަހަރަކު ގިނަވެގެން 4 މުބާރާތަށް ތަފާތު 4 ފަރާތަކައް އެހީ ދެވިދާނެއެވެ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހިންގާ މުބާރާތްތަކުގައި ބައިވެރިވުމަށް މި ބައިގެ ދަށުން އެހީއެއް ނުދެވޭނެއެވެ. އަދި މި އެހީ ދެވޭފަރާތުން މުޖުތަމަޢުއަށް އެ ފަރާތެއްގެ އަމިއްލަ އިސްނެގުމާއެކު ކޮށްދޭނެ ކަމެއް ފޯމުގައި ބަޔާކޮށް އެކަމެއް ކޮށްދޭންވާނެއެވެ. ބައިވެރިވާ ކޮންމެ ހަރަކާތަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 5,000 (ފަސްހާސް) ރުފިޔާއެވެ.
|
8.4.2 |
ކުޅިވަރު މުބާރާތްތައް ބައިވެރިވުން |
|
|
|
|
||||||||||||||||||
|
އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީ ދެވޭނީ 3 ހަރަކާތަށެވެ. މިގޮތުން ހުއްދަދެވޭ 3 ހަރަކާތަކީ ތަފާތު 3 ފަރާތަކުން ހިންގާ ހަރަކާތްތަކަށް ވާންޖެހޭނެއެވެ. ހުއްދަދެވޭ ކޮންމެ ހަރަކާތަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 5,000 (ފަސްހާސް) ރުފިޔާއެވެ.
|
8.5 |
އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީ ދެވޭނީ 3 ހަރަކާތަށެވެ. މިގޮތުން ހުއްދަދެވޭ 3 ހަރަކާތް ހޮވާނީ ކައުންސިލުން ކުރާ އިވެލުއޭޝަނަކަށް ފަހުގައެވެ. ހުއްދަދެވޭ ކޮންމެ ހަރަކާތަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 5,000 (ފަސްހާސް) ރުފިޔާއެވެ.
|
8.6 |
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
އިޖުތިމާއީ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީ ދެވޭނީ 4 ހަރަކާތަށެވެ. މިގޮތުން ހުއްދަދެވޭ 4 ހަރަކާތަކީ ތަފާތު 4 ފަރާތަކުން ހިންގާ ހަރަކާތްތަކަށް ވާންޖެހޭނެއެވެ.ފާސްކުރެވޭ ކޮންމެ ހަރަކާތަކަށް ގިނަވެގެން ދެވޭނީ 10,000 (ދިހަ ހާސް) ދިވެހި ރުފިޔާ އެވެ.
|
8.7 |
އިޖުތިމާއީ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީތެރިކަން ފޯރުކޮށްދެވޭނީ ހޮވޭ 4 ފަރާތަކަށެވެ. ފާސްކުރެވޭ ކޮންމެ ފަރާތަކަށް ގިނަވެގެން ދެވޭނީ 5,000 (ފަސް ހާސް) ދިވެހި ރުފިޔާ އެވެ.
|
8.8 |
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމުގެ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީތެރިކަން ފޯރުކޮށްދެވޭނީ ހޮވޭ 2 ފަރާތަކަށެވެ. ފާސްކުރެވޭ ކޮންމެ ފަރާތަކަށް ގިނަވެގެން ދެވޭނީ 5,000 (ފަސް ހާސް) ދިވެހި ރުފިޔާ އެވެ.
|
8.9 |
ދިރުންތަކުގެ މުއްސަނދިކަން (ބަޔޯޑައިވަރސިޓީ) ހިމާޔަތްކުރުމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމުގެ ދާއިރާގެ ދަށުން އަހަރަކު ގިނަވެގެން އެހީތެރިކަން ފޯރުކޮށްދެވޭނީ ހޮވޭ 2 ފަރާތަކަށެވެ. ފާސްކުރެވޭ ކޮންމެ ފަރާތަކަށް ގިނަވެގެން ދެވޭނީ 5,000 (ފަސް ހާސް) ދިވެހި ރުފިޔާ އެވެ.
|
8.10 |
ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމުގެ ދާއިރާ ފޯރުކޮށްދެވޭ އެހީތެރިކަން |
|
|
||||||||||||||||||||
|
މިއުސޫލުގެ ދަށުން އެހީއަށް އެދޭ ކޮންމެ ފަރާތަކުންވެސް، އެހީއަށްއެދި ހުށަހަޅާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. ހުށަހަޅާ އެޕްލިކޭޝަނަކީ ފުރިހަމަ، ސައްހަ، އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ ނުވަތަ ކައުންސިލުން އެދޭ ލިޔެކިޔުންތަކާއެކު ހުށަހަޅާ އެޕްލިކޭޝަނަކަށް ވާންޖެހޭނެއެވެ. |
9 |
އެހީއަށް އެދި ހުށަހަޅާއިރު ފުރިހަމަވާންޖެހޭ ޝަރުޠުތައް |
||||||||||||||||||||||
|
އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަނުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. |
9.1 |
|
|
|||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުގެ ނަން |
9.1.1 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތް ނިސްބަތްވާ ދާއިރާ މިސާލަކަށް: ކޮމިއުނިޓީ ކްލަބް، ކުޅިވަރު ކްލަބް، ޒުވާނުންގެ ކްލަބް، ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ، އެން.ޖީ.އޯ، ސީ.އެސް.އޯ، ސީ.ބީ.އޯ ނުވަތަ ގުޅިގެން ހުށަހަޅާ ފަރާތްތައް |
9.1.2 |
|
|
|
||||||||||||||||||||
|
ރަޖިސްޓަރީގެ ތަފްސީލު |
9.1.3 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތާއި އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ މުއާމަލާތް ކުރާނެ ތަފްސީލު |
9.1.4 |
|
|
|
||||||||||||||||||||
|
ހިންގުމަށް ގަސްދުކުރާ ހަރަކާތުގެ ނުވަތަ މަޝްރޫޢުގެ ނަން |
9.1.5 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ދާއިރާ |
9.1.6 |
|
|
|
||||||||||||||||||||
|
ހަރަކާތުގެ ފަސްމަންޒަރާއި އެ ހަރަކާތެއް ހިންގަންޖެހޭ ސަބަބު |
9.1.7 |
|
|
|
||||||||||||||||||||
|
ހަރަކާތުގެ މަޤްޞަދުތައް |
9.1.8 |
|
|
|
||||||||||||||||||||
|
އެހީގެ ސަބަބުން މަންފާ ކުރާނެ ފަރާތްތައް ނުވަތަ ގްރޫޕްތައް |
9.1.9 |
|
|
|
||||||||||||||||||||
|
ހަރަކާތް ބޭއްވުމަށް ގަސްދުކުރާ ތާރީޚާއި، މުއްދަތު އަދި ހަރަކާތް ހިންގާ ތަން |
9.1.10 |
|
|
|
||||||||||||||||||||
|
ހަރަކާތް ތަންފީޒުކުރާނެ ގޮތުގެ ޕްލޭން (މައިގަނޑު މަސައްކަތްތަކާއި ތާވަލު ހިމެނޭގޮތަށް) |
9.1.11 |
|
|
|
||||||||||||||||||||
|
ހަރަކާތަށް ހިނގާނެ ކަމަށް ލަފާކުރާ ބަޖެޓު |
9.1.12 |
|
|
|
||||||||||||||||||||
|
ކައުންސިލުން އެދޭ އެހީގެ މިންވަރު |
9.1.13 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުން ނުވަތަ ޕާޓްނަރުން، ސްޕޮންސަރުން ނުވަތަ އެހެން ފަރާތްތަކުން ހަރަކާތަށް ދޭނެ އެހީތެރިކަން (އޮތްނަމަ) |
9.1.14 |
|
|
|
||||||||||||||||||||
|
ހަރަކާތުން ހާސިލުވާނެ ނަތީޖާއާއި މުޖުތަމަޢަށް ކުރާނެ ފައިދާ |
9.1.15 |
|
|
|
||||||||||||||||||||
|
ހަރަކާތް ނިމުމުން ރިޕޯޓް ހުށަހަޅާނެ ގޮތުގެ ޕްލޭން
|
9.1.16 |
|
|
|
||||||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް |
9.2 |
|
|
|||||||||||||||||||||
|
ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ |
9.2.1 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތަކީ ހަރަކާތްތެރި ފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ގޮތުން ކަމާގުޅުން ހުރި މިނިސްޓްރީ އައް ފޮނުވޮވިފައިވާ އަހަރީ ރިޕޯޓް ހުށައެޅިކަމުގެ ލިޔުން. |
9.2.2 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުގެ އަސާސީ ޤަވާއިދު ނުވަތަ ހިންގާ ޢަވާއިދު ނުވަތަ ރަސްމީ މެންޑޭޓްގެ ކޮޕީ |
9.2.3 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުގެ ނަމުގައި އެޕްލިކޭޝަން ހުށަހެޅުމަށް ހުއްދަދީފައިވާ ފަރާތް ކަށަވަރުކޮށްދޭ ސިޓީ ނުވަތަ ބައްދަލުވުމުގެ ނިންމުން |
9.2.4 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުގެ ރަސްމީ ބޭންކް އެކައުންޓްގެ ތަފްސީލު |
9.2.5 |
|
|
|
||||||||||||||||||||
|
ބަޖެޓުގެ ބޮޑެތި ޚަރަދުތަކަށް ބޭނުންވާ ކޯޓޭޝަން، އަންދާސީ ހިސާބު ނުވަތަ އެހެނިހެން ލިޔެކިޔުން |
9.2.6 |
|
|
|
||||||||||||||||||||
|
މީގެ ކުރިން ކައުންސިލުން އެހީއެއް ލިބިފައިވާނަމަ، އެ އެހީގެ ތަފްސީލު |
9.2.7 |
|
|
|
||||||||||||||||||||
|
ކުރިން ލިބިފައިވާ އެހީ ބޭނުންކުރި ގޮތުގެ ރިޕޯޓް (ހުށަހަޅާފައި ނުވާނަމަ) |
9.2.8 |
|
|
|
||||||||||||||||||||
|
ހިންގަން ގަސްދުކުރާ ހަރަކާތަށް ބޭނުންވާ އެއްވެސް ހުއްދައެއް ނުވަތަ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮންނަންޖެހޭނަމަ، އެ ލިޔުމެއް |
9.2.9 |
|
|
|
||||||||||||||||||||
|
ޝަރުޠު ހަމަވޭތޯ ބެލުމަށާއި، ޕްރޮޕޯސަލް ވަޒަންކުރުމަށް ނުވަތަ ޒިންމާދާރުކަން ކަށަވަރުކުރުމަށް ކައުންސިލުން ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް.
|
9.2.10 |
|
|
|
||||||||||||||||||||
|
އެހީއަށް އެދޭ ފަރާތަކީ ކްލަބެއް ނުވަތަ ޖަމްޢިއްޔާއެއްނަމަ، އެ ފަރާތަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ، އަދި ހަރަކާތްތެރިކޮށް ހިންގާ ފަރާތަކަށް ވާންޖެހޭނެއެވެ.މި އުސޫލުގެ ބޭނުމަށްޓަކައި، ކްލަބެއް ނުވަތަ ޖަމިއްޔާއަކީ ހިނގަމުންދާ ތަނެއް ކަމަށް ބެލެވޭނީ، ރަޖިސްޓްރީގެ ކޮޕީއާއި، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ހުށަހަޅާފައިވާކަން އެނގޭނެ ލިޔެކިޔުންތައް ހިމެނޭގޮތަށް، ކައުންސިލަށް ގަބޫލުކުރެވޭ ފަދަ ހެކި ހުށަހެޅުމުންނެވެ.
|
9.3 |
|
|
|||||||||||||||||||||
|
އެހީއެދޭފަރާތަކީ މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް މެދުނުކެނޑި ހިނގަމުންދާ ތަނަކަށް ވާންޖެހޭނެއެވެ. ނަމަވެސް، އެ ފަރާތުގެ ތަބީޢަތަށް ނުވަތަ ހުށަހަޅާފައިވާ ހަރަކާތުގެ އަވަސްމިނަށް ނުވަތަ އެ ހަރަކާތުން މުޖުތަމައަށް ކުރާނެ ފައިދާއަށް ބަލައި، އެ އެޕްލިކޭޝަނާމެދު ގޮތެއް ނިންމުމަށް ކައުންސިލަށް ފެނިއްޖެ ހާލަތެއްގައި އެކަން އިސްތިސްނާ ކުރެވިދާނެއެވެ.
|
9.4 |
|
|
|||||||||||||||||||||
|
ހުށަހަޅާފައިވާ ހަރަކާތަކީ އެ ފަރާތަށް ލިބޭ އާމްދަނީން ނުވަތަ ހުރި ވަސީލަތްތަކުން ފުރިހަމައަށް ހިންގޭނެ ހަރަކާތެއް ނޫންކަން އެ ފަރާތުން ސާބިތުކޮށްދޭންޖެހޭނެއެވެ. ހުށަހަޅާފައިވާ ހަރަކާތާ ގުޅޭގޮތުން ލިބޭ އާމްދަނީ، ސްޕޮންސަރޝިޕް، ބައިވެރިންގެ އެހީތެރިކަން ނުވަތަ ފައިސާ ލިބޭ އެހެނިހެން މަސްދަރުތައް ހާމަކުރުމަށް ކައުންސިލުން އެދިދާނެއެވެ.
|
9.5 |
|
|
|||||||||||||||||||||
|
ހުށަހަޅާ ހަރަކާތަކީ ސީދާ ހިތާދޫގެ ތަރައްޤީއާ، މުޖުތަމައުއަށް ފައިދާކުރާނެ ކަމަކަށް ވާންޖެހޭނެއެވެ. މައިގަނޑު ގޮތެއްގައި އަމިއްލަ ފައިދާއަށް، ސިޔާސީ ފައިދާއަށް، ވިޔަފާރީގެ މަންފާއަށް ނުވަތަ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމަށް އެހީތެރިކަމެއް ނުދެވޭނެއެވެ.
|
9.6 |
|
|
|||||||||||||||||||||
|
ހުށަހަޅާފައިވާ ހަރަކާތަށް އެ ފަރާތުން އަމިއްލައަށް ހިއްސާކުރާ މިންވަރަށް ކައުންސިލުން ރިއާޔަތްކުރާނެއެވެ. މީގެ ތެރޭގައި މާލީ ހިއްސާ، ހިލޭސާބަހަށް މަސައްކަތްކުރާ ވަގުތު، ތަކެތި، ފަންނީ އެހީތެރިކަން، ތަން ހަމަޖައްސައިދިނުން، ބައިވެރިންގެ އެހީތެރިކަން ނުވަތަ މިނޫންވެސް އެހެނިހެން ގޮތްގޮތުން ވެދޭ އެހީތެރިކަން ހިމެނެއެވެ. |
9.7 |
|
|
|||||||||||||||||||||
|
އެހީއަށް އެދޭ ފަރާތަށް މީގެ ކުރިން ކައުންސިލުން އެހީތެރިކަން ލިބިފައިވާނަމަ، އެ އެހީ ބޭނުންކުރި ގޮތުގެ ރިޕޯޓެއް ހުށަހަޅަންޖެހޭނެއެވެ. ކުރިން ލިބުނު އެހީއާ ގުޅޭގޮތުން ފުރިހަމަވެފައިވާ ފަދަ ރިޕޯޓެއް ހުށަހަޅާފައި ނުވުމަކީ، އިތުރު އެހީތެރިކަން ހޯދުމަށް އެ ފަރާތުން ހުށަހަޅާ ހުށަހެޅުމަށް އަސަރުކޮށްފާނެ ކަމެކެވެ.
|
9.8 |
|
|
|||||||||||||||||||||
|
ފުރިހަމަނުވާ، ސާފުނުވާ، ބޭނުންވާ ލިޔެކިޔުންތައް ނެތް، ނުވަތަ މި އުސޫލާ ޚިލާފު އެޕްލިކޭޝަންތައް ބާތިލުކުރުމުގެ، ފަސްކުރުމުގެ ނުވަތަ އިތުރު މައުލޫމާތު ހޯދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
9.9 |
|
|
|||||||||||||||||||||
|
އެހީއަށް އެދޭ ފަރާތުން ދޮގު، އޮޅުވާލާ ނުވަތަ ފުރިހަމަނުވާ މައުލޫމާތު ހުށަހަޅައިފިނަމަ، އެ އެޕްލިކޭޝަން ބާތިލުކުރުމުގެ، ދީފައިވާ އެހީ ހުއްޓާލުމުގެ، ދޫކުރި ފައިސާ އަނބުރާ ހޯދުމުގެ، ނުވަތަ ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކުރިއަށް އޮތްތަނުގައި އެހީއަށް ނޭދެވޭ ގޮތަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
9.10 |
|
|
|||||||||||||||||||||
|
ކުދިކުދި އެހީތަކަށް އެދޭ ހާލަތްތަކުގައި، އެ ހަރަކާތުގެ ބޭނުމާއި، އެދޭ އަދަދާއި، މުޖުތަމައަށް ކުރާނެ ފައިދާއާއި، ފައިސާ ބޭނުންކުރާ ގޮތުގެ ޒިންމާދާރުކަން ކަށަވަރުކުރެވޭ ފަދަ މައުލޫމާތު ހުށަހެޅުމުން، ލުއި ފޯމެޓެއްގައި އެޕްލިކޭޝަން ހުށަހެޅުމުގެ ހުއްދަ ކައުންސިލަށް ދެވިދާނެއެވެ.
|
9.11 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރަންވާނީ އިންސާފުވެރި، ދެފުށް ފެންނަ، އެއްގޮތް އަދި ޒިންމާދާރު އުސޫލަކުންނެވެ. އިވެލުއޭޝަންގެ މަގުސަދަކީ، އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކަކީ އެ ފަރާތްތަކުން ހުށަހަޅާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައަށް އެންމެ ބޮޑު މަންފާއެއް ކުރާނެ، ކަނޑައެޅިފައިވާ ދާއިރާތަކާ ގުޅުންހުރި، އަމަލީގޮތުން ހިންގިދާނެ، އަދި މި އުސޫލުގެ ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ފަރާތްތަކެއްކަން ކަށަވަރުކުރުމެވެ.
|
10 |
ހުށަހެޅުންތައް އިވެލުއޭޓްކުރުމާއި ހޮވުން |
||||||||||||||||||||||
|
މި އުސޫލުގެ ދަށުން ވަކި ދާއިރާއަކުން ހުށަހަޅާފައިވާ ޝަރުތުހަމަވާ އެޕްލިކޭޝަންތަކުގެ އަދަދު، އެހީތެރިކަން ދިނުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ނުވަތަ ފަރާތްތަކުގެ އަދަދަށްވުރެ އިތުރުވާނަމަ، ކައުންސިލުން މި މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަލައި އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ރޭންކް ކުރަންވާނެއެވެ. އެއް ހަރަކާތަކަށް ނުވަތަ އެއްގޮތް ހަރަކާތްތަކަކަށް، ނުވަތަ އެއް ދާއިރާއަކުން ނުވަތަ އެއް ކުއާޓަރެއްގައި އެހީތެރިކަމަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާއިރު، ބަޖެޓުގެ ތަނަވަސްކަން ނުވަތަ ދާއިރާއަށް ކަނޑައެޅިފައިވާ ލިމިޓް ހުރިގޮތުން ހުރިހާ އެޕްލިކޭޝަންތަކެއް ފާސްކުރެވެން ނެތް ހާލަތްތަކުގައިވެސް މި އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދަންވާނެއެވެ. |
10.1 |
|
|
|||||||||||||||||||||
|
އެޕްލިކޭޝަންތައް އިވެލުއޭޓް ކުރެވޭނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައި، ޖުމްލަ 100 މާކްސް އިންނެވެ.
|
10.2 |
|
|
|||||||||||||||||||||
|
މި މިންގަނޑުގެ ދަށުން މާކްސް ދެވޭނީ ހުށަހަޅާފައިވާ ހަރަކާތުގެ ސަބަބުން ހިތާދުއަށް ކުރާނެ ފައިދާއަށާއި، މުޖުތަމައުގެ ބޭނުމަކަށް އެ ހަރަކާތުން ލިބޭ ހައްލަށާއި، އާންމު ފައިދާއަށް މަގުފަހިވާ މިންވަރަށެވެ. މީގެ އިތުރުން އިޖުތިމާއީ، ތައުލީމީ، ތިމާވެށީގެ، ސަގާފީ، ދީނީ، ކުޅިވަރު ނުވަތަ ތަރައްގީގެ ގޮތުން ކުރާނެ ހެޔޮ އަސަރަށާއި، އަމިއްލަ ފަރުދީ ފައިދާއަށްވުރެ ބޮޑަށް އާންމު މަގުސަދެއް ހާސިލުވާ މިންވަރަށް ބަލައިގެންނެވެ.
|
10.3
|
|
|
|||||||||||||||||||||
|
ހުށަހެޅުންތައް އިވެލުއޭޓްކުރެވޭނީ 100 މާކްސްގެ މައްޗަށެވެ. މާކްސް ދިނުމުގައި ބަލާނީ މުޖުތަމައަށް ކުރާނެ ފައިދާއާއި އާންމު މަސްލަހަތަށާއި، ކަނޑައެޅިފައިވާ ދާއިރާއާ ހުރި ގުޅުމަށާއި، މަސައްކަތް ކުރިއަށް ގެންދެވޭނެ މިންވަރަށާއި، މަންފާލިބޭ މީހުންގެ އަދަދަށާއި، ހުށަހަޅާ ފަރާތުގެ ނުވަތަ ބައިވެރިންގެ ހިއްސާއަށާއި، ކުރީގެ މަސައްކަތްތަކާއި ރިޕޯޓްކުރުމުގެ ފެންވަރަށާއި، އަދި ޒުވާނުން، އަންހެނުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އުމުރުން ދުވަސްވީ މީހުން ނުވަތަ ނާޒުކު ފަރާތްތައް ހިމެނޭ މިންވަރަށެވެ. މީގެ އިތުރުން ކައުނސިލްގެ ތަރައްގީގެ ޕްލޭން ގައި ހިމެނިފައިވާ ކަންކަމަ ބަލަންވާނއެވެ. ޝަރުތު ހަމަވާ ހުށަހެޅުންތަކުގެ އަދަދު، އެހީ ދިނުމަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ ނުވަތަ ބަޖެޓަށްވުރެ އިތުރުވާނަމަ، އިސްކަންދެވޭނީ އެންމެ މަތިން މާކްސް ލިބޭ ހުށަހެޅުންތަކަށެވެ. އެހެން ހުށަހެޅުމަކުން މުޖުތަމައަށް ކުރާ ފައިދާ ބޮޑުވެފައި، ގުޅުން ވަރުގަދަވެފައި ނުވަތަ އިވެލުއޭޝަން މާކްސް މަތިނަމަ، ހަމައެކަނި ހުށަހެޅި ތަރުތީބަށް ބަލައި ކައުންސިލުން ހުށަހެޅުމެއް ފާސްކޮށްގެން ނުވާނެއެވެ.
|
10.4 |
|
|
|||||||||||||||||||||
|
އެޕްލިކޭޝަންތައް ތަރުތީބުކުރެވޭނީ ލިބޭ ޖުމްލަ މާކްސްގެ ތަރުތީބުންނެވެ. ޝަރުތު ހަމަވާ އެޕްލިކޭޝަންތަކުގެ އަދަދު، އެހީ ދިނުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ނުވަތަ ބަޖެޓަށްވުރެ އިތުރުވާނަމަ، އިސްކަންދެވޭނީ އެންމެ މަތިން މާކްސް ލިބޭ އެޕްލިކޭޝަންތަކަށެވެ. އެޕްލިކޭޝަން ހުށަހެޅި ތަރުތީބަށް އެކަނި ބަލައި ކައުންސިލުން އެޕްލިކޭޝަން ފާހެއް ނުކުރާނެއެވެ. އެހީ ދިނުމުގައި ބަލާނީ މުޖުތަމައަށް ކުރާ މަންފާ ބޮޑު، މަޤުޞަދުތަކާ ގުޅުންހުރި، އަދި އިވެލުއޭޝަނުން މަތީ މާކްސް ލިބޭ އެޕްލިކޭޝަންތަކަށެވެ.
|
10.5 |
|
|
|||||||||||||||||||||
|
ދެ އެޕްލިކޭޝަނެއް ނުވަތަ އެއަށްވުރެ ގިނަ އެޕްލިކޭޝަންތަކެއްގެ މާކްސް އެއްވަރުވެ، ހުރިހާ ފަރާތްތަކަށް އެހީ ދެވެން ނެތް ހާލަތެއްގައި، ކައުންސިލުން އިސްކަންދޭނީ ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމަކަށް ފެތޭ އެޕްލިކޭޝަނަކަށެވެ. |
10.6 |
|
|
|||||||||||||||||||||
|
މުޖުތަމައަށް ކުރާ މަންފާ ބޮޑުވުން |
10.6.1 |
|
|
|
||||||||||||||||||||
|
ގިނަ އަދަދެއްގެ ބަޔަކަށް މަންފާލިބުން |
9.6.2 |
|
|
|
||||||||||||||||||||
|
ނާޒުކު ހާލަތްތަކުގައިވާ ނުވަތަ މުޖުތަމައުގައި ބައިވެރިވުން މަދު ފަރާތްތަކަށް އެހީތެރިކަންދޭ ހަރަކާތަކަށްވުން |
10.6.3 |
|
|
|
||||||||||||||||||||
|
މީގެ ކުރިން އެހީ ލިބިފައިނުވާ ފަރާތަކަށްވުން |
10.6.4 |
|
|
|
||||||||||||||||||||
|
ހުށަހަޅާ ފަރާތުގެ ނުވަތަ ޕާޓްނަރުންގެ ހިއްސާ ބޮޑުވުން |
10.6.5 |
|
|
|
||||||||||||||||||||
|
އެއީ އަވަހަށް ކުރަންޖެހޭ ނުވަތަ ވަގުތަށް ބަލާއިރު މުހިންމު ހަރަކާތަކަށްވުން.
|
10.6.6 |
|
|
|
||||||||||||||||||||
|
އެއް ދާއިރާއަކުން، އެއް ކުއާޓަރެއްގައި ނުވަތަ އެއް މާލީ އަހަރެއްގެ ތެރޭގައި، ދެ ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއްގޮތް ނުވަތަ ބޮޑުބައެއް އެއްގޮތް ހަރަކާތްތަކެއް ހިންގުމަށް ހުށަހަޅައިފިނަމަ، ކައުންސިލަށް އަންނަނިވި ގޮތްތަކަށް އަމަލުކުރެވިދާނެއެވެ. |
10.7 |
|
|
|||||||||||||||||||||
|
އެންމެ މަތިން މާކްސް ލިބޭ ހުށަހެޅުން ފާސްކުރުން |
10.7.1 |
|
|
|
||||||||||||||||||||
|
ހުށަހެޅުން ހުށަހެޅި ފަރާތްތައް ގުޅިގެން އެއް ހުށަހެޅުމެއް ހުށަހެޅުމަށް އެދުން |
10.7.2 |
|
|
|
||||||||||||||||||||
|
އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުންތައް ފަހުގެ ކުއާޓަރަކަށް ނުވަތަ މާލީ އަހަރަކަށް ފަސްކުރުން |
10.7.3 |
|
|
|
||||||||||||||||||||
|
ތަކުރާރުވާ ހުށަހެޅުންތައް ފާސްކުރުމުގެ ސަބަބުން ދައުލަތުގެ ފައިސާ އިސްރާފުވާނަމަ ނުވަތަ އެއް ކަމަކަށް ތަކުރާރުކޮށް ފައިސާ ހޭދަވާނަމަ، އެފަދަ ހުށަހެޅުންތައް ބާތިލުކުރުން.
|
10.7.4 |
|
|
|
||||||||||||||||||||
|
އެންމެ ދަށްވެގެން ލިބެންޖެހޭ މާކްސް، އެހީ ފާސްކުރުމަށްޓަކައި އެންމެ މަދުވެގެން ލިބެންޖެހޭނެ މާކްސްގެ މިންވަރެއް ކައުންސިލަށް ކަނޑައެޅިދާނެއެވެ. ބަޖެޓުގައި ފައިސާ ހުރި ނަމަވެސް، އެންމެ ދަށްވެގެން ލިބެންޖެހޭ މާކްސް ނުލިބޭ ހުށަހެޅުންތައް ބާތިލުކުރެވިދާނެއެވެ.
|
10.8 |
|
|
|||||||||||||||||||||
|
ކޮންމެ ހުށަހެޅުމެއް އިވެލުއޭޓްކުރި ގޮތުގެ ރެކޯޑު ކައުންސިލުން ބަލަހައްޓަންވާނެއެވެ. މީގެ ތެރޭގައި ދެވުނު މާކްސްއާއި، ހޮވުނު ނުވަތަ ބާތިލުކުރި ސަބަބާއި، އަދި ނިންމި ފައިނަލް ނިންމުން ހިމަނަންވާނެއެވެ. މިފަދަ ރެކޯޑުތައް ބަލަހައްޓަންވާނީ ޖަވާބުދާރީވުމަށާއި، އޮޑިޓްކުރުމަށާއި، އަދި ކުރިމަގުގައި ރިއާޔަތްކުރުމަށްޓަކައެވެ.
|
10.9 |
|
|
|||||||||||||||||||||
|
އިވެލުއޭޝަނަށްފަހު ކައުންސިލުން ނިންމި ގޮތް ހުށަހެޅުން ހުށަހެޅި ފަރާތްތަކަށް އަންގަންވާނެއެވެ. ހުށަހެޅުމެއް ބާތިލުކޮށްފިނަމަ، ފަސްކޮށްފިނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރުމަށް އަނބުރާ ފޮނުވާލައިފިނަމަ، އެގޮތަށް ނިންމި ސަބަބު ކައުންސިލަށް ބަޔާންކޮށްދެވިދާނެއެވެ.
|
10.10 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން އެހީ ދިނުމުގެ ހުއްދަދިނުމާއި ފައިސާ ދޫކުރުން ކުރިއަށްގެންދަންވާނީ، 7 ވަނަ މާއްދާ: އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުގެ އިންތައް ބަޔާންކޮށްފައިވާ އެހީގެ ބާވަތްތަކާއި، އިންތަކާއި، އެންމެ ގިނައިން ދެވޭނެ މިންވަރާއި، އެހީ ދެވޭނެ ފަރާތްތަކުގެ ނުވަތަ ހަރަކާތްތަކުގެ އަދަދާއި، އަދި ދާއިރާތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލަށް އިޞްލާޙެއް ގެނެސްގެން ނުވަތަ ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓާއި ނިންމުންތައް ނިންމުމުގެ އިޖުރާއާތުގެ ތެރެއިން ޤާނޫނީ ބާރުވެރިކަން އިތުރަށް ލިބިގެން މެނުވީ، މި އުސޫލުގައި ބަޔާންކޮށްފައިވާ އިންތަކަށްވުރެ އިތުރަށް އެއްވެސް އެހީއެއް ދިނުމަށް ހުއްދަދީ ނުވަތަ ފައިސާ ދޫކޮށްގެން ނުވާނެއެވެ. |
11 |
އެހީ ފާސްކުރުމާއި ދޫކުރުން |
||||||||||||||||||||||
|
އިވެލުއޭޝަނަށްފަހު ހޮވޭ ފޯމުތައް، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލްގެ ނިންމުން، ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ނުވަތަ ރަސްމީ ނިންމުންތައް ރެކޯޑުކުރާ ފޮތުގައި ހިމަނަންވާނެއެވެ.
|
11.1 |
|
|
|||||||||||||||||||||
|
އެހީ ދިނުމަށް ކައުންސިލުން ހުއްދަދޭ ފަރާތްތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ. މި ލިޔުމުގައި، ހުއްދަދެވުނު ހަރަކާތާއި، ހުއްދަދެވުނު ފައިސާގެ މިންވަރާއި، އެހީގެ ދާއިރާއާއި، އެހީއަށް ކަނޑައެޅިފައިވާ އިންތަކާއި، އަދި އެހީ ދިނުމަށް ކަނޑައަޅާފައިވާ އެހެނިހެން ޝަރުޠުތައް ބަޔާންކުރަންވާނެއެވެ.
|
11.2 |
|
|
|||||||||||||||||||||
|
ހުއްދަދެވުނު އެހީގެ ފައިސާ ދޫކުރުމުގެ ކުރިން، ކައުންސިލުން ބޭނުންވާ އެންމެހައި ލިޔެކިޔުންތައް އެހީއަށް އެދޭ ފަރާތުން ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި ބޭންކް އެކައުންޓްގެ ތަފްސީލާއި، ހުއްދަދެވިފައިވާކަމުގެ ލިޔުމާއި، ރަޖިސްޓްރީގެ ލިޔެކިޔުންތަކާއި، ކޯޓޭޝަންތަކާއި، ހުއްދަތަކާއި، ނުވަތަ އެހީއަށް ޝަރުޠު ހަމަވޭތޯ ބެލުމަށާއި ފައިސާ ބޭނުންކުރަނީ ރަނގަޅަށްތޯ ކަށަވަރުކުރުމަށް ކައުންސިލުން ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހިމެނިދާނެއެވެ.
|
11.3 |
|
|
|||||||||||||||||||||
|
ހުއްދަދެވޭ މާލީ އެހީ ޖަމާކުރަންވާނީ އެހީއަށް އެދި ހުށަހެޅި ފަރާތުގެ ރަސްމީ ބޭންކް އެކައުންޓަށެވެ. ވަކި ފަރުދެއްގެ އަމިއްލަ ބޭންކް އެކައުންޓަށް ކައުންސިލުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.
|
11.4 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން ލިބޭ އެހީ ބޭނުންކުރަންވާނީ ހަމައެކަނި ކައުންސިލުން ހުއްދަދީފައިވާ ހަރަކާތަށާއި މަޤްޞަދަށެވެ. ކައުންސިލްގެ ކުރިއާލާ ލިޔުމުން ލިބޭ ހުއްދައަކާ ނުލައި، އެހީ ލިބޭ ފަރާތުން އެހެން އެއްވެސް ބޭނުމަކަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ.
|
11.5 |
|
|
|||||||||||||||||||||
|
އެހީ ހިފެހެއްޓުން ނުވަތަ ބާޠިލުކުރު ތިރީގައިވާ ހާލަތްތަކުގައި، ހުއްދަދެވިފައިވާ އެހީ ހިފެހެއްޓުމުގެ، ލަސްކުރުމުގެ ނުވަތަ ބާޠިލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
11.6 |
|
|
|||||||||||||||||||||
|
ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް އެ ފަރާތުން ނުކުޅެދުން. |
11.6.1 |
|
|
|
||||||||||||||||||||
|
ދޮގު، އޮޅުވާލުން އެކުލެވޭ ނުވަތަ ފުރިހަމަނުވާ މަޢުލޫމާތު ހުށަހެޅުން. |
11.6.2 |
|
|
|
||||||||||||||||||||
|
ފައިސާ ދޫކުރުމުގެ ކުރިން އެ ފަރާތުގެ ޝަރުޠު އުނިވުން. |
11.6.3 |
|
|
|
||||||||||||||||||||
|
ކައުންސިލަށް އެންގުމަކާ ނުލައި، ހުއްދަދެވުނު ހަރަކާތް ބާޠިލުކުރުން، ފަސްކުރުން ނުވަތަ ބޮޑު ބަދަލެއް ގެނައުން. |
11.6.4 |
|
|
|
||||||||||||||||||||
|
މީގެ ކުރިން ކައުންސިލުން ލިބިފައިވާ އެހީތަކުގެ ރިޕޯޓު ހުށަހަޅާފައި ނުވުން. |
11.6.5 |
|
|
|
||||||||||||||||||||
|
ދޫކުރަންޖެހޭ ފައިސާގެ މިންވަރު 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތަކަށްވުރެ އިތުރުވުން |
11.6.6 |
|
|
|
||||||||||||||||||||
|
ފައިސާ ދޫކުރުމަކީ މި އުސޫލާ ނުވަތަ ފާސްކޮށްފައިވާ އަހަރީ ބަޖެޓާ ޚިލާފުކަމަކަށްވުން
|
11.6.7 |
|
|
|
||||||||||||||||||||
|
ބައިބަޔަށް ނުވަތަ ޝަރުތުތަކާއެކު އެހީ ދޫކުރުން
|
11.7 |
|
|
|||||||||||||||||||||
|
ފާސްކުރެވޭ ހުރިހާ އެހީތަކާއި ދޫކުރެވޭ ފައިސާގެ ރެކޯޑު ކައުންސިލުން ބަލަހައްޓަންވާނެއެވެ. މި ރެކޯޑުގައި އެހީ ލިބޭ ފަރާތުގެ ނަމާއި، ފާސްކުރި ހަރަކާތާއި، ދާއިރާއާއި، ފާސްކުރި އަދަދާއި، އެހީގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންގަނޑާއި، ފައިސާ ދެއްކި ތާރީޚާއި، ފައިސާ ދެއްކި ގޮތް އަދި އެއާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ހިމަނަންވާނެއެވެ.
|
11.8 |
|
|
|||||||||||||||||||||
|
އެހީއަށް އެދި ހުށަހަޅާ ހުށަހެޅުމެއް ފާސްވުމަކީ، ކައުންސިލުންނާއި މި އުސޫލުން ލާޒިމުކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން، އެ ފައިސާ ލިބުމަށް އޮޓޮމެޓިކުން އުފެދޭ ހައްގެއް ނޫނެވެ.
|
11.9 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން ފޯރުކޮށްދޭ އެހީ ބޭނުންކުރަންވާނީ ކައުންސިލުން ހުއްދަދީފައިވާ ހަރަކާތް، މަގުސަދު، ދާއިރާ އަދި ބަޖެޓަށް އެކަންޏެވެ. އެހީ ބޭނުންކުރަނީ ރަނގަޅަށް، އަމާނާތްތެރިކަމާއެކު، އިސްރާފު ކުޑަވާނެ ގޮތަކަށް އަދި އާންމު މަސްލަހަތަށް އިސްކަންދީގެންކަން ކަށަވަރުކުރުމަކީ އެހީ ލިބޭ ފަރާތުގެ ޒިންމާއެކެވެ.
|
12 |
ހުއްދަދެވިފައިވާ އެހީ ބޭނުންކުރުން |
||||||||||||||||||||||
|
ހުއްދަދެވިފައިވާ އެހީ ބޭނުންކުރެވޭނީ ހަމައެކަނި ހުއްދަދެވިފައިވާ ހަރަކާތާ ސީދާ ގުޅުންހުރި، އެކަށީގެންވާ އަދި ކޮންމެހެން ބޭނުންތެރި ހަރަދުތަކަށެވެ. މިފަދަ ހަރަދުތަކުގެ ތެރޭގައި، ހާލަތާ ގުޅޭގޮތުން، ތިރީގައިވާ ކަންކަން ހިމެނިދާނެއެވެ: |
12.1 |
|
|
|||||||||||||||||||||
|
ހުއްދަދެވިފައިވާ ހަރަކާތަށް ބޭނުންވާ ތަކެތި، އިކުއިޕްމަންޓް ނުވަތަ ސާމާނު ގަތުން. |
12.1.1 |
|
|
|
||||||||||||||||||||
|
ހުއްދަދެވިފައިވާ ހަރަކާތާ ސީދާ ގުޅުންހުރި ތަންތަނުގެ ކުލި، ދަތުރުފަތުރު، ލޮޖިސްޓިކްސް ނުވަތަ ހިންގުމުގެ ހަރަދު. |
12.1.2 |
|
|
|
||||||||||||||||||||
|
ޗާޕުކުރުން، ހޭލުންތެރިކުރުވުމުގެ ތަކެތި، ލިޔެކިޔުންތައް ތައްޔާރުކުރުން ނުވަތަ މުއާމަލާތްކުރުމުގެ ހަރަދު. |
12.1.3 |
|
|
|
||||||||||||||||||||
|
ތަމްރީނުދޭ ފަރާތްތައް، ފެސިލިޓޭޓަރުން، ރެފްރީން، ޖަޖުން، އިންސްޓްރަކްޓަރުން، ފަންނީ މީހުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ފީ. |
12.1.4 |
|
|
|
||||||||||||||||||||
|
އިނާމު، ސެޓުފިކެޓު، މެޑަލް ނުވަތަ ހަރަކާތާ ގުޅުންހުރި ތަކެތި. |
12.1.5 |
|
|
|
||||||||||||||||||||
|
ހަރަކާތް ހިންގުމަށް ކޮންމެހެން ބޭނުންވާ ސަލާމަތީ ކަންކަން، ވަދެނިކުމެވޭނެ އިންތިޒާމުތައް ނުވަތަ އެންމެން ބައިވެރިކުރުވުމާ ގުޅޭ ހަރަދުތައް |
12.1.6 |
|
|
|
||||||||||||||||||||
|
ހަރަކާތަށް ސީދާ ބޭނުންވާނެ ކަމަށް ފެންނަ އެހެނިހެން ހަރަދުތައް.
|
12.1.7 |
|
|
|
||||||||||||||||||||
|
އެހީ ބޭނުންކުރުން މަނާ ކަންކަން އެހީ ތިރީގައިވާ ކަންކަމަށް ބޭނުންކޮށްގެން ނުވާނެއެވެ. |
12.2 |
|
|
|||||||||||||||||||||
|
އަމިއްލަ ހަރަދުތަކަށް ނުވަތަ އަމިއްލަ ފަރުދެއްގެ ފައިދާއަށް. |
12.2.1 |
|
|
|
||||||||||||||||||||
|
ސިޔާސީ ހަރަކާތްތަކަށް، ސިޔާސީ ކެމްޕޭންތަކަށް ނުވަތަ ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓަކު އިޝްތިހާރުކުރުމުގެ ހަރަކާތްތަކަށް. |
12.2.2 |
|
|
|
||||||||||||||||||||
|
ދަރަނި، ޖޫރިމަނާ، އަދަބު، ލޯނު ނުވަތަ ހަރަކާތާ ގުޅުމެއް ނެތް ޒިންމާތައް އަދާކުރުމަށް. |
12.2.3 |
|
|
|
||||||||||||||||||||
|
މުސާރަ،ނުވަތަ އިދާރީ ގޮތުން ތަކުރާރުކޮށް ހިނގާ ހަރަދުތަކަށް (ހަރަކާތް ހިންގުމަށް ކޮންމެހެން ބޭނުންވާ ކަމަށް ކައުންސިލުން ހާއްސަ ހުއްދައެއް ދީފައިވާ ހާލަތެއްގައި މެނުވީ) |
12.2.4 |
|
|
|
||||||||||||||||||||
|
ހުއްދަދެވިފައިވާ ޕްރޮޕޯސަލް ނުވަތަ ބަޖެޓުގައި ނުހިމެނޭ ހަރަކާތްތަކަށް ނުވަތަ ހަރަދުތަކަށް. |
12.2.5 |
|
|
|
||||||||||||||||||||
|
އަމިއްލަ މިލްކިއްޔާތަށް ނުވަތަ ހުއްދަދެވިފައިވާ ހަރަކާތާ ގުޅުމެއް ނެތް އަމިއްލަ ބޭނުންތަކަށް ތަކެތި ގަތުމަށް. |
12.2.6 |
|
|
|
||||||||||||||||||||
|
އެއްވެސް ގާނޫނާ ހިލާފު ހަރަކާތަކަށް ނުވަތަ އާންމު މަސްލަހަތާ ފުށުއަރާ ހަރަކާތަކަށް.
|
12.2.7 |
|
|
|
||||||||||||||||||||
|
އެހީ ބޭނުންކުރި ގޮތުގެ ފުރިހަމަ ރެކޯޑުތައް އެހީ ލިބޭ ފަރާތުން ބަލަހައްޓަންވާނެއެވެ. މީގެ ތެރޭގައި ރިސިޕްޓް، އިންވޮއިސް، ފައިސާ ދެއްކި ރެކޯޑުތައް، ފޮޓޯ، ހާޒިރީ ރެކޯޑުތައް ނުވަތަ ކައުންސިލުން ބޭނުންވާ އެހެނިހެން ހެކިތައް ހިމެނެއެވެ.
|
12.3 |
|
|
|||||||||||||||||||||
|
ހުއްދަދެވިފައިވާ ހަރަކާތް ނިމުމަށްފަހު ބާކީ ހުންނަ އެއްވެސް ފައިސާއެއް ކައުންސިލަށް އަނބުރާ ދައްކަންވާނެއެވެ. ނަމަވެސް، އެ ފައިސާ އެ ހަރަކާތާ ނުވަތަ ދާއިރާއާ ގުޅުންހުރި އެހެން މަގުސަދަކަށް ބޭނުންކުރުމަށް ކައުންސިލުން ލިޔުމުން ހުއްދަދީފިނަމަ އެކަން އެގޮތަށް ކުރެވިދާނެއެވެ. |
12.4 |
|
|
|||||||||||||||||||||
|
އެހީ ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ، ނުވަތަ ހުއްދަ ނޫން މަގުސަދަކަށް ބޭނުންކޮށްފިނަމަ، ނުވަތަ އެހީ ބޭނުންކުރި ގޮތުގެ ހިސާބުތައް ރަނގަޅަށް ދެއްކިފައި ނުވާނަމަ، ނަހަމަގޮތުގައި ބޭނުންކުރި ނުވަތަ ހިސާބު ނުދެއްކުނު ފައިސާ އަނބުރާ ދެއްކުމަށް ކައުންސިލުން އެހީ ލިބުނު ފަރާތަށް އެންގިދާނެއެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި މުއްދަތަކަށް، އެ ފަރާތަށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
12.5 |
|
|
|||||||||||||||||||||
|
ހުރިހާ ޚަރަދަކީވެސް ގާނޫނީގޮތުން ހުއްދަ، އެކަށީގެންވާ، ރަނގަޅަށް ލިޔެކިޔުމުން ބަލަހައްޓާފައިވާ، އަދި ފާސްކޮށްފައިވާ ޕްރޮޕޯސަލާއި، މި ގަވާއިދާއި، ކައުންސިލުން ކަނޑައަޅާފައިވާ އެންމެހައި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ޚަރަދުތަކެއްކަން ކަށަވަރުކުރުމަކީ އެހީ ލިބޭ ފަރާތުގެ ޒިންމާއެކެވެ.
|
12.6 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން އެހީ ލިބޭ ފަރާތުން، ހުއްދަދެވިފައިވާ ހަރަކާތް ނިމުމުން ކައުންސިލަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. |
13 |
ރިޕޯޓު ހުށަހެޅުން |
||||||||||||||||||||||
|
ރިޕޯޓު ހުށަހަޅަންވާނީ ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައެވެ. ނުވަތަ ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، ހަރަކާތް ނިމޭތާ 60 ދުވަހުގެ ތެރޭގައެވެ. |
13.1 |
|
|
|||||||||||||||||||||
|
ރިޕޯޓުގައި ހިމަނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ހަރަކާތުގެ ކުރު ޚުލާސާއެއް، ތާރީޚާއި ހިންގި ތަން، މަންފާލިބުނު މީހުންގެ އަދަދު، އެހީ ބޭނުންކުރި ގޮތް، ފޮޓޯ ނުވަތަ ހަރަކާތް ހިންގިކަމުގެ ހެކި، އަދި ޚަރަދުތަކުގެ ރަސީދު ނުވަތަ ތަފްސީލު (އެފަދަ ތަފްސީލެއް ބޭނުންވާ ހާލަތްތަކުގައި) ހިމެނެއެވެ. |
13.2 |
|
|
|||||||||||||||||||||
|
މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓު ހުށަނާޅައިފިނަމަ، ކުރިއަށް އޮތް ތަނުގައި ކައުންސިލުން ދޭ އެހީތަކަށް އެ ފަރާތަކުން ޝަރުތު ހަމަވުމަށް ހުރަސް އެޅިދާނެއެވެ. |
13.3 |
|
|
|||||||||||||||||||||
|
ހުށަހަޅާ ރިޕޯޓު ކައުންސިލުން މުރާޖައާކޮށް، އިތުރު މައުލޫމާތެއް ނުވަތަ ސާފުކޮށްދޭންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ހުށަހެޅުމަށް އެދުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
13.4 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅުމާއި، އިވެލުއޭޓްކުރުމާއި، ހުއްދަދިނުމާއި، އަދި އެހީ ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ އިންސާފުވެރި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. |
14 |
ޓްރާންސްޕޭރަންސީ އަދި މަސަލަހަތު ފުށުއެރުން |
||||||||||||||||||||||
|
ލިބޭ ހުށަހެޅުންތަކާއި، ކުރެވޭ އިވެލުއޭޝަންތަކާއި، ނިންމާ ނިންމުންތަކާއި، ހުއްދަދެވޭ އެހީތަކާއި، ދޫކުރެވޭ ފައިސާ އަދި ހުށަހެޅޭ ރިޕޯޓުތަކުގެ ރެކޯޑުތައް ކައުންސިލުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.
|
14.1 |
|
|
|||||||||||||||||||||
|
އަމަލުކުރެވެމުންދާ ގާނޫނުތަކާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެހީ ލިބޭ ފަރާތްތަކުގެ ނަމާއި، ހުއްދަދެވުނު ހަރަކާތްތަކާއި، ދާއިރާތަކާއި، އަދި ދެވުނު އެހީގެ މިންވަރު އާންމުކުރަން ކައުންސިލަށް ލާޒިމްވާނެއެވެ.
|
14.2 |
|
|
|||||||||||||||||||||
|
ކައުންސިލްގެ އެއްވެސް މެންބަރަކު، ކޮމިޓީ މެންބަރަކު، މުވައްޒަފަކު، ނުވަތަ އިވެލުއޭޓްކުރުމާއި ހުއްދަދިނުމުގެ މަރުހަލާގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މާލީ، އަދި ޖަމިއްޔާ ގެ އެކްސްކޯ ނުވަތަ އެނޫންވެސް މަސްލަހަތެއް ހުށަހެޅިފައިވާ އެޕްލިކޭޝަނަކާ ގުޅުން އޮތްނަމަ، އެ މަސްލަހަތު ފުށުއެރުން ހާމަކުރަންވާނެއެވެ.
|
14.3 |
|
|
|||||||||||||||||||||
|
މަސްލަހަތު ފުށުއެރުމެއް އޮތްކަން ހާމަކޮށްފައިވާ ފަރާތަކުން، އެ އެޕްލިކޭޝަނަކާ ގުޅޭގޮތުން ކުރެވޭ އިވެލުއޭޝަން، މަޝްވަރާ، ރެކޮމެންޑޭޝަން، ހުއްދަދިނުން ނުވަތަ ފައިސާ ދޫކުރުމުގެ އެއްވެސް ނިންމުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.
|
14.4 |
|
|
|||||||||||||||||||||
|
މަސްލަހަތު ފުށުއެރުމެއް އޮތްކަން ހާމަނުކޮށްފިނަމަ، އެކަމާ ގުޅޭ ނިންމުން މުރާޖައާކުރުމުގެ، މެދުކަނޑާލުމުގެ ނުވަތަ ބާތިލުކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
14.5 |
|
|
|||||||||||||||||||||
|
އެހީ ލިބިގަންނަ ފަރާތަކުން އެހީގެ ނާޖާއިޒު ފައިދާ ނެގުން، ނުވަތަ ދޮގު ނުވަތަ އޮޅުވާލެވޭ ފަދަ މަޢުލޫމާތު ދިނުން، ނުވަތަ ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަނޭޅުން، ނުވަތަ ހުއްދަދެވިފައިވާ ބޭނުން ނޫން ކަމަކަށް ފައިސާ ބޭނުންކުރުން، ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވުމަކީ އެ ފަރާތަކުން މި އުސޫލާ ޚިލާފުވުން ކަމުގައި ބެލެވޭނެއެވެ. |
15 |
އުސޫލާ ޚިލާފުވުމާއި ޖަވާބުދާރީކުރުވުން |
||||||||||||||||||||||
|
އުސޫލާ ޚިލާފުވުމެއް ހިނގައިފި ނަމަ، އެކަމުގެ އިތުރު ތަފްސީލު ހުށަހެޅުމަށް އެހީ ލިބިގަންނަ ފަރާތަށް އެންގުމާއި، ބޭނުންނުކޮށް ހުރި ނުވަތަ ނާޖާއިޒު ގޮތުގައި ބޭނުންކުރި ފައިސާ އަނބުރާ ދެއްކުމަށް އެންގުމާއި، އެހީގެ ގޮތުގައި ދޫކުރި ފައިސާ އެއްކޮށް ނުވަތަ އޭގެ ބައެއް އަނބުރާ ދެއްކުމަށް އެންގުމާއި، ނުވަތަ ކުރިއަށް އޮތް ތަނުގައި އެހީ ހޯދުމަށް އެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކައުންސިލަށް ނިންމިދާނެއެވެ.
|
15.1 |
|
|
|||||||||||||||||||||
|
އެހީ ދިނުމަށް ހުއްދަ ދީފައިވަނީ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވާނަމަ، ނުވަތަ އެހީ ލިބިގަންނަ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެއް އުނިވެއްޖެނަމަ، ނުވަތަ އެހީ ބޭނުންކުރަނީ ހުއްދަދެވިފައިވާ ބޭނުމަށް ނޫން ކަމަށްވާނަމަ، އެހީ ދޫކުރުމުގެ ކުރިން ނުވަތަ ދޫކުރުމަށްފަހުވެސް އެ އެހީ ބާޠިލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
15.2 |
|
|
|||||||||||||||||||||
|
ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ، ނުވަތަ ހިސާބުތަކުން ދެއްކެން ނެތް، ނުވަތަ ދޮގު ނުވަތަ އޮޅުވާލެވޭ މަޢުލޫމާތު ދީގެން ހޯދާފައިވާ އެއްވެސް އެހީއެއް، ކަމާގުޅޭ ޤާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަނބުރާ ހޯދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
15.3 |
|
|
|||||||||||||||||||||
|
މި އުސޫލުގެ ދަށުން ހިނގާފައިވާ އުޞޫލާ ޚިލާފުވުންތަކާއި، އެކަންކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ރެކޯޑު ކައުންސިލުން ބަލަހައްޓަންވާނެއެވެ.
|
15.4 |
|
|
|||||||||||||||||||||
|
މި މާއްދާގެ ދަށުން ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން، ދައުލަތުގެ ފައިސާ ނުވަތަ އާންމު މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ވަގުތުން ފިޔަވަޅެއް އަޅަންޖެހޭ ޙާލަތެއްގައި މެނުވީ، އެކަމާ ގުޅޭގޮތުން ތަފްސީލު ހުށަހެޅުމުގެ ފުރުޞަތު އެހީ ލިބިގަންނަ ފަރާތަށް ކައުންސިލުން ދޭންވާނެއެވެ. |
15.5 |
|
|
|||||||||||||||||||||
|
ކަމާގުޅޭ ގާނޫނުތަކާއި، ކައުންސިލްގެ އިޖުރާއަތްތަކާއި، އަދި އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި މި އުސޫލަށް އިސްލާހު ގެނައުމާއި، މުރާޖައާ ކުރުމާއި، ނުވަތަ އަދާހަމަކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
16 |
އުސޫލަށް އިސްލާހު ގެނައުން |
||||||||||||||||||||||
|
މި އުސޫލު މާނަކުރުމުގައި ނުވަތަ ތަންފީޒުކުރުމުގައި އެއްވެސް ސުވާލެއް އުފެދިއްޖެނަމަ، މި އުސޫލުގެ މަގުސަދުތަކާއި، އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުވުމާއި، އަދި މުޖުތަމައުގެ ލާބައަށް އިސްކަންދޭ ގޮތެއްގެ މަތިން އެކަމެއް މާނަކުރާނީ ކައުންސިލުންނެވެ.
|
16.1 |
|
|
|||||||||||||||||||||
|
މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ގޮތް ނިންމާނީ، ކަމާގުޅޭ ގާނޫނުތަކާއި، ކައުންސިލްގެ އިޖުރާއަތްތަކާއި، ފާސްކޮށްފައިވާ ބަޖެޓުގެ އުސޫލުތަކާއި، އަދި އާންމު މަސްލަހަތަށް ރިއާޔަތްކޮށް ކައުންސިލުންނެވެ.
|
16.2 |
|
|
|||||||||||||||||||||
|
މި އުސޫލަށް އަމަލުކުރަން ފަށާނީ، ކައުންސިލުން މި އުސޫލު ފާސްކޮށް ގެޒެޓް ކުރާ ތާރީޚުން ފެށިގެންނެވެ. އަދި މި އުސޫލަށް އިސްލާހެއް ގެނައުމަށް، ނުވަތަ ބަދަލުކުރުމަށް، ނުވަތަ އުވާލުމަށްދާންދެން މި އުސޫލު ދެމިއޮންނާނެއެވެ. |
16.3 |
|
|
|||||||||||||||||||||
މި އުސޫލު ފާސްކުރެވިފައިވަނީ 2026 ޖޫން 10 ވަނަ ދުވަހު ބޭއްވުނު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއިންނެވެ.
