ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ކޮންޓްރެކްޓް)

ޢިއުލާން


ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެެއް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކުނަހަންދޫ ސްކޫލް، އެކަޑަމިކް ސެކްޝަން

މަޤާމުގެ ޝަރުޠު:

ސަރވިސް

އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

 

-/1،000 ރުފިޔާ

-/1،500 ރުފިޔާ

-/1،500 ރުފިޔާ

-/3،100 ރުފިޔާ

-/3،565 ރުފިޔާ

-/4،000 ރުފިޔާ

ގްރޭޑް 7 ނިންމާފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް

ސަރވިސް

އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ ޝަރުޠު

މަޤާމުގެ ކްލެސިފިކޭޝަންެ

މަޤާމުގެ ރޭންކް

މަޤާމް

-/2،500 ރުފިޔާ

-/5،020 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 1

GS4

ޓްރެއިންޑް ޓީޗަރ

-/5،610 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 2

MS1

-/6،295 ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްވުން.

ޓީޗިންގ ސަރވިސް އޮފިސަރ 3

MS2

ގްރެޖްއޭޓް ޓީޗަރ

-/7،035 ރުފިޔާ

– ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
– ޓީޗިންގ  ސަރވިސް  އޮފިސަރ  3  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 4

MS3

ކޮލިފައިޑް ޓީޗަރ

-/7،875 ރުފިޔާ

– ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗިލާރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް (ބެޗިލަރސް ޑިގްރީއެއް ނެތި) އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ޓީޗިންގ  ސަރވިސް  އޮފިސަރ  4  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 5

MS4

-/8،835 ރުފިޔާ

– ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލަރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެމަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ޓީޗިންގ  ސަރވިސް  އޮފިސަރ  5  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 6

EX1

-/9،890 ރުފިޔާ

– ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެމަތީ ފާހެއް ހާސިލުކޮށްފައިވުން. ނުވަތަ؛
– ޓީޗިންގ  ސަރވިސް  އޮފިސަރ  6  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 7

EX2

-/11،065 ރުފިޔާ

ޓީޗިންގ  ސަރވިސް  އޮފިސަރ  7  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 8

EX3

ސީނިއަރ ޓީޗަރ

-/12،400 ރުފިޔާ

ޓީޗިންގ  ސަރވިސް  އޮފިސަރ  8  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 9

EX4

-/13،890 ރުފިޔާ

ޓީޗިންގ  ސަރވިސް  އޮފިސަރ  9  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 10

EX5

-/15،560 ރުފިޔާ

ޓީޗިންގ  ސަރވިސް  އޮފިސަރ  10  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް އޮފިސަރ 11

EX6

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

މި މަޤާމުގައި ކުރަންޖެހޭނީ، ސްކޫލުން ކަނޑައަޅާ ގްރޭޑްތަކަށް ކިޔަވައިދިނުމުގެ މަސައްކަތެވެ.

- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން.

- ލެސަންޕްލޭން ތައްޔާރުކުރުން.

- ސްކީމް ތައްޔާރުކުރުން.

- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން.
  2. ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެ ތަކެތި އުނގަންނައިދީ، އެ ކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
  3. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން.
  4. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން.
  5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން.
  6. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.
  7. ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން.
  8. ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން.
  9. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  10. ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން.
  11. ކުލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚްލާޤާށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން.
  12. ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރިކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  13. ކިޔައވައިދޭ ސެސަނުގެ ކުލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.
  14. މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.
  15. ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލުން.
  16. ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުން.
  17. ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު ހުށަހޅަންޖެހޭ ތަކެތި:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައި)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒިފުން ކުރިމަތިލާ މަޤާމަކަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވާނަމަ ''މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް''
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރަކާއެކު)

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ކުނަހަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް މީހުން ޢައްޔަނުކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި ކުނަހަންދޫ ސްކޫލުގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމަތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 6800744 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

3 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ