ދިވެހިރާއްޖެ
އިޢުލާން
އިންޑިއާގެ އަންދްރަ ޕްރަދޭޝް ސަރުކާރާއި، އިންޑިއާ އެސް.އެމް.އީ ފޯރަމް ގުޅިގެން، 26 އިން 28 ޖުލައި 2026 އަށް، އިންޑިއާގެ ވިޖަޔަވާޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރިވާސް ބަޔާރ - ސެލާރ މީޓް" ގައި ބައިވެރިވުމުގެ ފުރުޞަތު، ރާއްޖޭގެ ވިޔަފާރިތަކަށާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ލިބިފައިވާ ވާހަކަ ދަންނަވަމެވެ. މިއީ، އިންޑިއާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއިއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބޭއްވޭ ޚާއްޞަ ވިޔަފާރީގެ ހަރަކާތެއްކަން ފާހަގަ ކުރަމެވެ.
ރަޖިސްޓްރީ ކުރުން:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ލިންކް: https://indiasmeforum.org/itd/register-as-buyer
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: [email protected] / [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ، +91 86556 74289 އަށް ގުޅުއްވުން އެދެމެވެ. މި އިޢުލާނާއެކު، ރިވާސް ބަޔާރ - ސެލާރ މީޓް އާ ގުޅޭ ބްރޯޗަރ މަޢުލޫމާތައްޓަކައި ހިއްސާކުރީމެވެ.
