މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް

ބިޑު ހުށަހެޅުމުގެ ދަޢުވަތު 

(ޕްރޮޖެކްޓް ނަންބަރު: TES/2026/G-006)

 

ޕްރޮޖެކްޓު ނަން: ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P17704

ގްރާންޓް ނަންބަރު: E047-MV

ރިފަރެންސް ނަންބަރު: MV-MoECCT-DMADD-528844-GO-RFB

 

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ހޯދުމުގެ  މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ގެ ބޭނުމަށް ސަރުކާރުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 200 ސަރަހައްދެއް ގުޅާލުމަށް ބޭނުންވާ އެސް.ޑީ.ވޭން އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް  ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

3. މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން- ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ބިޑްސް (އާރް.އެފް.ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

4. މި ބީލަން ވަޒަން ކުރާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ބީލަން ވަޒަންކުރުމުގެ މިންގަނޑުތަކަށްށެވެ. ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް 50%  އަދި އަގަށް 50%)  ބޭނުން ކޮށްގެނެވެ.

5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2026  ޖޫން 10 އިން2026 ޖުލައި 21އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

6. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 23 ވާ ބުރާސްފަތި 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

8. މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/3,535.00 ޔޫ.އެސް.ޑޮލަރ (ތިން ހާސް ފަސްސަތޭކަ ތިރީސް ފަސްޔޫ.އެސް ޑޮލަރ) ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 140 ދުވަހެވެ.

9. ބީލަން ހުށަހަޅާ ފަރާތްތަކުންގެ ސަމާލުކަމަށް، ވޯޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ދަށުން ބީލަން ކާމިޔާބު ކުރާފަރާތުގެ

ބެނެފިޝަލް އޯނަރޝިޕް ޑިސްކްލަޝަން ފޯމު (ބިޑިންގް ޑޮކިއުމަންޓް) ގައިވާ މައުލޫމާތު އާންމު ކުރާނެއެވެ.

10. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޑިރެކްޓަރ ޖެނެރަލް، ނޭޝަނަލް ޕްރޮކިއުމަންޓް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : 3349115 (960+) ,3349106 (960+) ,3349147 (960+)

އީމެއިލް : [email protected]

ކޮޕީ  : [email protected]

10 ޖޫން 2026
ހޯދާ