ދިވެހިރާއްޖެ
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ ބިޑް ކޮމިޓީ އެކުލަވާލުމާއި ގުޅޭ
ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ ބިޑް ކޮމިޓީ އަލުން އެކުލަވާލުމަށް ބޭނުންވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ. ބިޑް ކޮމިޓީގެ ކޮންމެ ބައްދަލުވުމަކަށް -/100 ގެ އެލަވެންސް އެއް، ކޮމިޓީގެ މެމްބަރުންނަށް ލިބިގެންދާނެއެވެ.
ވީމާ، ބިޑް ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ ތިރީގައިވާ އީމެއިލްއަށް މެއިލްކޮށް ދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާ އަށް ގުޅުއްވުން އެދެމެވެ.
ފޯން: 7787371 ، 6822010
އީމެއިލް: [email protected]
08 ޖޫން 2026
