މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ މަޤާމަށް މުވައްޒަފުން ހޯދުން

މަޤާމް:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-448404

ބޭނުންވާ ޢަދަދު:

 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕީއެސްއާރު 5 ސްޓެޕް1

ވަޒީފާއަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާ ( ކޯޕަރޭޓް އެފެއަރޒް ޔުނިޓް)

މުސާރަ:

 9495.00 (ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ފަސް ރުފިޔާ)

ސަރވިސްއެލަވަންސް:

2850.00  (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ހާޟިރުވާ ކޮންމެދުވަހަކަށް: 75.00 ރުފިޔާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  4. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީ- ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
  5.   5. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.
  6. ކައުންސިލްގެ އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.
  8.  ކައުންސިލްގެ އިދާރާގެ ކޯޕަރޭޓް އެފެއަރޒް ޔުނިޓުގެ މެންޑޭޓުގައި ހިމެނިފައިވާ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ސުޕަވަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  9. ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  10. ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.
  11. ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.
  12. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  13. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  14. ކކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  15. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.
  16. ހަވާލުކުރެވޭ ވަކިހާއްސަ މަސައްކަތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތު އަދާކުރުމާއި، ކައުންސިލް އިދާރާއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި ކައުންސިލުން ޙަވާލުކުރާ އެހެނިހެން ޒިންމާ އަދާކުރުން.

މަޤާމުގެ ޝަރުތުތައް:

 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ

ތަޢުލީމީ ރޮނގުތައް

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައވާ ''ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް" ގައި ހިމެނޭ ތަޢުލީމީ ދާއިރާތައް

ޕްރިފަރޑްޑިސިޕްލިންގ

  • ނެތް

މަސައްކަތުގެދާއިރާތައް:

 

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން ( %30)
  2. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5 )
  3. ކޯ ނުވަތަ ޕްރެފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5)
  4. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5% ) )
  5. އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެޓިކަލް )  (%20 )
  6. އިންޓަރވިއު  ( %35)

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖޫން 2026 ގެ 13:00 ގެ ކުރިން

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން.

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 23 ޖޫން 2026 އާއި 29 ޖޫން 2026  އާދެމެދުއެވެ. އިމްތިހާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ މި ކައުންސިލުގައި ނުވަތަ '' ވީޑިއޯ ކޮންފަރެންސް '' މެދުވެރިކޮށެވެ. ވުމާއިއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުފޮތުގެ ޝީޓް (އޭ2 ޝީޓް) އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އަދި ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 ޖޫން 2026
ހޯދާ