ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: ރިލީފް ޓީޗަރ ( ޕްރައިމަރީ)
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމު އޮތް އޮފީސް: ގދ.އަތޮޅު މަދަރުސާ
ގިންތި: ވަގުތީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ.އަތޮޅު މަދަރުސާގެ އެކަޑަމިކް ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މި މަދަރުސާއިން ހަމަޖައްސާ ކިލާސްތަކަށް (ޕްރައިމަރީ) ކިޔަވައިދިނުން.
2. ކިޔަވައިދިނުމުގެ ކުރިން ކިޔަވައިދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސްކީމްތަކާއި ލެސަންޕްލޭންތައް ތައްޔާރުކުރުން.
3. ކިޔަވައިދެވޭގޮތުގެ މަޢުލޫމާތު ކިލާސް ރެކޯޑުތަކުގައި ދުވަހުން ދުވަހަށް ލިޔުން.
4. ދަރިވަރުންގެ ފެންވަރު ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
5. ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުމަށް މަދަރުސާގެ އެހެން ޓީޗަރުންނާއި ލީޑިންގ ޓީޗަރުންގެ އެހީތެރިކަން ހޯދައިގެން ކިޔަވައިދިނުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުން.
6. ދަރިވަރުންގެ ތެރެއިން އުނގެނުމުގެ ފެންވަރު ދަށް ކުދިންނަށް އިތުރު އެހީ ދޭ ކިލާސްތައް ނަގައިގެން އެފަދަ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
7. ދަރިވަރުންގެ ކިޔެވުމާއި ސްލޫކީ މިންގަނޑާ ބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެނިވެރިންނާއި ހިއްސާކުރުން.
8. ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށްޓަކައި ތިމާގެ އުޅުން ދަރިވަރުންނާއި ބެލެނިވެރިންނާއި މުޖުތަމަޢު ބަލައިގަންނާނެ ފަދަ ރަނގަޅު ގޮތަކަށް ބެހެއްޓުން.
| 
 މަޤާމުގެ ނަން:  | 
 ކްލެސިފިކޭޝަން  | 
 ސިވިލް ސަރވިސް ރޭންކް  | 
 އަސާސީ ޝަރުޠު  | 
 އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޓީޗަރ 
  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS13-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9850.00ރ  | 
 2500.00ރ 
  | 
| 
 CS13-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9360.00ރ  | 
 2500.00ރ  | 
||
| 
 CS13-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 8890.00ރ  | 
 2500.00ރ  | 
||
| 
 
 CS13-2 
 
 
  | 
 * ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސަނަދުތައް މޯލްޑިވްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން ނުވަތަ  | 
 8440.00ރ  | 
 2500.00ރ  | 
||
| 
 ޓީޗަރ 
  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS11-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9250.00ރ  | 
 2500.00ރ 
  | 
| 
 CS11-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 7840.00ރ  | 
 2500.00ރ  | 
||
| 
 
  | 
 
  | 
 CS11-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 7450.00ރ  | 
 2500.00ރ  | 
| 
 
 CS11-2 
 
 
  | 
 * ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސަނަދުތައް މޯލްޑިވްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން ނުވަތަ  | 
 7070.00ރ  | 
 2500.00ރ  | 
||
| 
 ޓީޗަރ 
  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS9-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-4 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6750.00ރ  | 
 2500.00ރ 
  | 
| 
 CS9-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6410.00ރ  | 
 2500.00ރ  | 
||
| 
 CS9-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6090.00ރ  | 
 2500.00ރ  | 
||
| 
 
 CS9-2  | 
 * ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން.  | 
 5780.00ރ  | 
 2500.00ރ  | 
||
| 
 ޓީޗަރ  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 GS3  | 
 ޖީ.ސީ.އީ / ކޭމްބްރިޖް އޯ ލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި ، އިސްލާމް މި 2 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުން.  | 
 4000.00 ރުފިޔާ  | 
 1500.00 ރުފިޔާ  | 
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
1 ލިބިފައިވާ ތަޢުލީމާއި ތަމްރީނު %50
2 މަސައްކަތުގެ ތަޖުރިބާ % 16
3 މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް %34
އިންޓަރވިއު ކުރުން
ހ. (1) އިންޓަރވިއު އޮންނާނީ ގދ.އަތޮޅު މަދަރުސާގެ އިދާރާގައެވެ.
(2) އިންޓަރވިއު އަށް ހޮވޭ ފަތާތްތަކަށް އިންޓަވިއު ބޭއްވޭނެ ތަނާއި އިންޓަރވިއު ކުރުން އޮންނަ ތާރީޚާއި ގަޑި މި މަދަރުސާއިން ލިޔުމުން އަންގަމުން ގެންދާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ވަޒީފާއަށް އެދި ފުރިހަމަކޮށްފައި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ، މި މަދަރުސާގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގެ ، ސިވިލް ސަރވިސްގެ ވެބްސައިޓް " www.csc.gov.mv " އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހުގެ 02:00 އާ ދެމެދު ގދ.އަތޮޅު މަދަރުސާގެ އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 ޖަނަވަރީ 2016 ވަނަ (ހޯމަ) ދުވަހުގެ މެންދުރުފަހުގެ 2:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގދ.އަތޮޅު މަދަރުސާގެ ނަންބަރު 7983083 އަށް ފޯނަށް ގުޅުއްވުން އެދެމެވެ.
