ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖް ހުއްދަ ދޫކުރުމާއި ގުޅޭ
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖް ހުއްދަ ދޫކުރުމުގައި ކައުންސިލުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނަންބަރު: (MSG)472/494/2025/6 ގެމެސެޖުން އަންގަވާފައިވާ ކަންކަން ރައްޔިތުންގެ ސަމާލުކަމަށްޓަކައި ތިރީގައި މިދަންނަވަނީއެވެ.
-
- ގަރާޖުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން ކަށަވަރުކުރުން
- ގަރާޖު ހުންނަތަން އެހެން ބޭނުމަކަށް ބޭނުން ނުކުރާކަން ކަށަވަރުކުރުން
- ގަރާޖުގެ ޖާގައަށްވުރެ އިތުރަށް އެގެއަކަށް ހުއްދަ ދޫނުކުރުން
- ގަރާޖު ވެރިފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތްކަން ކަށަވަރުކޮށް އެފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހެޅުން
- ގަރާޖު ހުއްދައަށް ދޫކުރާ ހުއްދަ ނަންބަރު ތަރުތީބުކޮށް ދިނުން
- ކައުންސިލުން ދޫކުރާ ހުއްދަ ތަކުގެ ރެކޯޑު ބެލެހެއްޓުން
ވީމާ، ގަރާޖު ހުއްދަ ހޯދުމަށް ހުށަހަޅުއްވާއިރު މަތީގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިހަމަކުރައްވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުއްދަ ދޫކުރުމުގެ ކުރިން މިއިދާރާއިން ތަން ޗެކްކުރާނެވާހަކަ ދަންނަވަމެވެ، އަދި އެއްބުރިއަށްވުރެ އުސްކޮށް އިމާރާތް ކޮށްފައިވާތަނެއްނަމަ، އެތަން ޢިމާރާތްކުރުމަށް ނަގާފައިވާ ހުއްދައިގެ ކޮޕީ ހުށައަޅުއްވަންވާނެއެވެ.
10 ޖޫން 2026
ހޯދާ
