މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ކާބޯތަކެއްޗާއި،ފެނުގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އާއި ހެވީ މެޓަލް ތަހުލީލުތަކަށް ބޭނުންވާ ކެމިކަލް ، ކޮންސިއުމަބަލްސް އަދި އިކްއިޕްމަންޓާއި ސްޕެއަރ ހޯދުމަށް

އިޢުލާން

ކާބޯތަކެއްޗާއި،ފެނުގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އާއި ހެވީ މެޓަލް ތަހުލީލުތަކަށް ބޭނުންވާ ކެމިކަލް ، ކޮންސިއުމަބަލްސް އަދި އިކްއިޕްމަންޓާއި ސްޕެއަރ ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 9 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖޫން 2026 ވާ ބުދަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             23 ޛުލްޙިއްޖާ 1447ހ

09 ޖޫން 2026
ހޯދާ