ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު 216-MPAO-EB/IUL/2026/8 (23 އެޕްރީލް 2026) އިޢުލާނުގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނިކޮށް، 21 މޭ 2026 ގައި ތަސްދީޤުކުރައްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގައި، ޗީފް އެގްޒެކެޓިވް އޮފިސަރގެ ޝަރުޠުތަކާާއި މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ޅ) އަދި 1-10 ވަނަ މާއްދާގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޤާމުގެ ތަފްޞީލް:
މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ
ވަޒީފާގެ މުއްދަތު: 5 އަހަރު
މުސާރަ އާއި ޢިނާޔަތްތައް: ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެފަރާތުން އެއްބަސްވާ ގޮތަކަށް
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
މަޤާމުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް:
މި މަޤާމުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު.)، މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ސުންގަޑި އަދި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:
-
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
-
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޫގުލް ފޯމު (https://forms.gle/wceMsJj2aGwrrxga7) މެދުވެރިކޮށެވެ.
-
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
-
ވަޒީފާއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއްނަމަ އެކްރެޑިޓްކޮށްފައި)
-
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް (ވަޒީފާއަދާކުރި މުއްދަތާއި މަޤާމު އެނގޭ ގޮތަށް)
-
ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަންގެ ގޫގުލް ފޯމް (https://forms.gle/RHcxbnDKWmKyGjDt7)
-
ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ)
އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު
-
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
-
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށާއި ދަރަނީގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، މި އޮފީހުން އެންގުމުން ހުށަހަޅަންވާނެއެވެ.
-
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2026 އާއި 15 ޖުލައި 2026 އާ ދެމެދުއެވެ.
ނޯޓު: މި އޮފީހުގެ ނަންބަރު 216-MPAO-EB/IUL/2026/8 (23 އޭޕްރީލް 2026) އިޢުލާނުގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ.
