ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޖަރނަލިސްޓް

މަޤާމް

އެސިސްޓެންޓްޖަރނަލިސްޓް

މަޤާމުގެ ރޭންކް

L9 – F1 (P)

ބޭނުންވާ ޢަދަދު

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއަރޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

7,000/- ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

·     އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.

·     ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސްހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

·     ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.

·     އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

·     ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.

·     ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

·     މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

·         ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ

·         މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

·      ޚަބަރު ހޯދުމާއި، ޚަބަރު ތައްޔާރުކުރުމުގެ ޤާބިލް ކަމާއި ހުނަރު ހުރުން؛

·      ވީޑިއޯ ކެމެރާ ކުރުމާއި، ވީޑިއޯ އެޑިޓްކުރަން އެނގުން؛

·      ޚަބަރު ހުށަހެޅުމާއި، ލައިވް އިވެންޓްސް ހުށަހަޅަން އެނގުން؛

·      ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ޚަބަރުތައް ޓްރާންސްލޭޓްކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

·         ރޭޑިއޯ/ޓީވީ/އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި،އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.

·         ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.

·         ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)

·         ނިއުސް އިވެންޓްތައް ކަވަރު ކުރަން މާލެއާއި، މާލެއިން ބޭރުގައި ހަރަކާތްތެރިވުން.

·         ޓީވީއާއި އޮންލައިނާއި އަދި ނިއު މީޑިއާގެ އެކި އެކި ޕްލެޓް ފޯމްތަކަށް ހަދާ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އިންފޯގްރެފިކްސް ހެދުން ނުވަތަ އެހެން ފަރާތެއް ލައްވާ އެ މަސައްކަތްކުރުވުން ނުވަތަ އެހީތެރިވުން.

·         ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ހަދާ ނުވަތަ ހޯދާ ވީޑިއޯ / އޯޑިއޯ އަދި ސްކްރިޕްޓް އާރކައިވް ކުރުން ނުވަތަ އެހެން ފަރާތެއް ލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން.

·         މަސައްކަތުގެ މާހައުލުގައި ، ނިއުސްރޫމުގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން.

·         އެޑިޓޯރިއަލް ޕްލޭނިންގ އަދި ސްޓާފް މީޓިންތަކުގައި ބައިވެރިވުމާއި ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނިކުމެ މަސައްކަތްކުރުން.

·         އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.

·         ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ ޚާއްޞަ ހާލަތްތަކާއި ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

·         ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

·         ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

·         ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-          އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-          އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-          ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

·         މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

·         ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

·        މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

·        މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

) އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 13 ޖޫން 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 30002283000207 ,  އާއި ގުޅުއްވުން އެދެމެވެ.

09 ޖޫން 2026
ހޯދާ