ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މި އިއުލާނާއި އެއްކަރުދާސް ކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ކުނިކޮށި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ކޮންޓްރެކްޓް އުޞޫލުން މަހަކު 10،000ރ (ދިހަހާސް ރުފިޔާ) އަށް ވުރެ ބޮޑުނޫން އަގެއްގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މަސައްކަތް ކޮށްދޭނެ އަގު އެގޭނެ ގޮތަށް ސިޓީ މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:
- ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
- ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
09 ޖޫން 2026
ހޯދާ
