ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަލިގޭ އުތުރުން ލޯކަލް މާރުކޭޓެއްގެ ގޮތުގައި ބޭނުންކުރި ސަރަޙައްދު ރޫޅައި ސާފުކުރުން
ފ. ނިލަންދޫ އެއްގަލިގޭ އުތުރުން ލޯކަލް މާރުކޭޓެއްގެ ގޮތުގައި ބޭނުންކުރި ސަރަޙައްދު ރޫޅައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. އެހެންކަމުން މިސަރަޙައްދުގައި އެއްވެސް އާންމު ފަރާތެއްގެ (މުދަލެއް/ތަކެއްޗެއް) ހުރި ނަމަ، 2026 ޖޫން 21 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން އެ ތަކެތި ނަންގަވައި އެ ސަރަޙައްދު ހުސްކުރެއްވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން އެ ސަރަޙައްދު ރޫޅައި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާނެއެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން އެ ސަރަޙައްދުން ނުނަގައި ހުންނަ އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޛުލްޙިއްޖާ 1447
09 ޖޫން 2026
09 ޖޫން 2026
ހޯދާ
