ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2026/21
މި ކުންފުނީގެ އޮފީސް ހިންގާ ޢިމާރާތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.
24 ޖޫން 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
09 ޖޫން 2026
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483
