ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއްހޯދުމަށް

ފެލިދޫ ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ކުނިކޮށި ބެލެހެއްޓުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

11 ޖޫން 2026

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

22 ޖޫން 2026

ހޯމަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ ނުވަދިހަ ޕަސެންޓެވެ.
  2. ތަޖުރިބާ:  ތަޖުރިބާއަށް މާކްސް ދެވޭނީ ދާއިރާއާއި ގުޅުންހުރި މަސައްކަތެއް ކޮށްފައިވާކަމަށް ހުށައަޅާފައިވާ ލިޔުންތަކަށެވެ. މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ ދިހަ ޕަސެންޓެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މިމަސައްކަތާ ގުޅޭ ގޮތުން ކުރިން ކުރެވިފައިވާ ނަންބަރ (IUL)359-ESMS/INDIV/2026/8   އިޢުލާންގައި ބަޔާންކޮށްފައިވާ މާރކްސް ދެވޭ ބައިތަކުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެފައިވާތީ އިޢުލާން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. 

09 ޖޫން 2026
ހޯދާ