އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އައު އޮފީހުގެ ދޮރުތަކުގައި ރޯލަރ ބްލައިންޑްސް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގެ އައު އޮފީހުގެ ދޮރުތަކުގައި ރޯލަރ ބްލައިންޑްސް ޖަހާދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި މި އިޢުލާނާއިއެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

 މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ ބިޑް/މައުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި އޮންނާނެއެވެ. ޕްރީ-ބިޑް/މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިނުވާ ކަމުގައި ދަންނަވަމެވެ.

 ބީލަން ހުށަހަޅާނީ 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 10:05 ގައި އެންވަޔަރަންމަންޓަލްރެގިއުލޭޓަރީއޮތޯރިޓީގައި ބީލަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތުހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

09 ޖޫން 2026
ހޯދާ