ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަތްކެޔޮދަނޑު ހެއްދުމުގައި ބައިވެރިވުމާގުޅޭ

އިފާޑްގެ އެހީގައި ވައިކަރަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބިފައިވާ ފަތްކެޔޮދަނޑު ހެއްދުމުގެ މަސައްކަތުގައި ބައިވެރިވާން ގަސްދުކުރާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި ޕްރޮޖެކްޓްގެ ބޭނުމަކީ އަންހެން ކަނބަލުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއި މަސައްކަތްތެރި ޖީލެއް ބިނާކުރުމެވެ.

         ވީމާ މިމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާން ޤަސްދުކުރާ އަންހެން ކަނބަލުން، 30 ޖޫން 2026 ގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ދުރުވެ އެކަމަށް އެދޭ ފޯމް ނެންގެވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ޙަނީފާ، 7510868 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2026
ހޯދާ