މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
International Youth Social Anti-Corruption Advertising Competition: “Together Against Corruption”

އިޢުލާން

International Youth Social Anti-Corruption Advertising Competition: “Together Against Corruption”

ރަޝިއާގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބާއްވާ މި މުބާރާތަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތުގެ މަޤުޞަދުތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސޯޝަލް އެޑްވަޓައިޒިންގގެ ބޭނުން ހިފުން އިތުރުކުރުމާއި، އަދި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި ރައްޔިތުންނާއި އޮންނަ ގުޅުން ހަރުދަނާކުރުން ހިމެނެއެވެ.

އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި އުމުރުން 10-17 އަދި 18-25 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ނުވަތަ ޓީމުތަކުން 1 އޮކްޓޫބަރު 2026 ގެ ކުރިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު https://anticorruption.life/en މި ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

09 ޖޫން 2026
ހޯދާ