އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (އިސްލާމް)

މަޤާމު:

ޓީޗަރ

ސްޕެޝަލައިޒޭޝަން

އިސްލާމް

މަޤާމުގެ ނަންބަރު:

J-401545

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޓީޗަރ، ރޭންކު 1 އިން ޓީޗަރ، ރޭންކު 3 އަށް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކު 5 އިން ޕަބްލިކް ސަރވިސް ރޭންކު 8 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ ހައި ސްކޫލް، އައްޑޫސިޓީ

މުސާރަ:

ޓީޗަރ ރޭންކު

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ޙާޟިރުވާ ކޮންމެ ދުވަހަކަށް)

ރޭންކު 1

9214.00 ރުފިޔާ

2764.00 ރުފިޔާ

75.00 ރުފިޔާ

ރޭންކު 2

11564.00 ރުފިޔާ

5397.00 ރުފިޔާ

146.00 ރުފިޔާ

ރޭންކު 3

12409.00 ރުފިޔާ

5791.00 ރުފިޔާ

157.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް " ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން
  3. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
  4. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.
  5. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  6. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ، ރޭންކު 3

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

3- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

4- ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

5- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

ޓީޗަރ، ރޭންކު 2

 

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

2- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ، ރޭންކު 1

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗިންގް ސާވިސަސް

ޓީޗިންގ (އިސްލާމިކް ސްޓަޑީޒް(

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާ ކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައި ދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5 އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ:

އެޑިއުކޭޝަން

އިސްލާމިކް ސްޓަޑީޒް

ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6.     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޓީޗަރ ރޭންކު 1 އިން ޓީޗަރ ރޭންކު 3 އާއި ދެމެދު ކްރައިޓީރީއާ

އަސާސީ ޝަރުތު ހަމަވުން

ޓީޗަރ ރޭންކު 1 ގެ ޝަރުތު ފުރިހަމަވުން

20

ޓީޗަރ ރޭންކު 2 ގެ ޝަރުތު ފުރިހަމަވުން

30

ޓީޗަރ ރޭންކު 3 ގެ ޝަރުތު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަރވިއު

 

25

ޕްރެކްޓިކަލް

 

35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 50  އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން،އައްޑޫ ހައި ސްކޫލަށެވެ. ވަޒީފާއަށްއެދޭފޯމާއި ލިޔުންތައްއީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

ޕްރެކްޓިކަލް އަދި އިންޓަރވިއު  އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ،2026 ޖޫން 21 އާއި 2026 ޖޫން 30  އާ ދެމެދު، އައްޑޫ ހައި ސްކޫލް ގައެވެ. މި އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑި ކެނޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއި އެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚު ތަކުގައި އިންޓަވިއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަތީގައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަވާ ފަރާތެއް މި މަޤާމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން ހަމަޖެއްސޭނެއެވެ.

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

މަހެއްގެ މައްޗަށް ޖުމްލަދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް މައްޗަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 (އެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5,500.00ރ

2,500.00ރ

8,000.00ރ

363.64ރ

60.61ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލު ކުރުން ކަމަށްވާނަމަ

6,090.00ރ

2,500.00ރ

8,590.00ރ

390.45ރ

65.08ރ

ކިޔަވައިދިނުމުގެ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލު ކުރުން ކަމަށްވާނަމަ

7,070.00ރ

2500.00ރ

9,570.00ރ

435.00ރ

72.50ރ

ކިޔަވައިދިނުމުގެ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލު ކުރުން ކަމަށްވާނަމަ

8,440.00ރ

2,500.00ރ

10,940.00ރ

497.27ރ

82.88ރ

 

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885796 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

09 ޖޫން 2026
ހޯދާ