ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ފ. ނިލަންދޫ މުމްބަރު މަގާއި ކިޔެވެލި މަގާއި ދެމެދުން ( ފ. ނިލަންދޫ އުޖާލާ ގޯތީ ދެކުނު ބްލޮކު)  ސްޕޯޓްސް އެރީނާއެއް އެޅުމަށްޓަކައި ބިން ސާފްކުރަން ބޭނުންވެއެވެ. އެގޮތުން އެސަރަޙައްދުގައި ހުރި ރުއްގަހުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން 01-132 އާއި ދެމެދުގެ ނަންބަރެއް ޖަހާފައެވެ.

ވީމާ، މިސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ ރުކެއް ގަހެއްކަން އެނގޭނޭ ގޮތަށް 2026 ޖޫން 21 ވަނަ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެ ފަހުން އެސަރަޙައްދުގައި ހުރި ރުއްގަސް ނައްތައިލުމުގެ މަސައްކަތް ފެށޭނެ ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

22 ޛުލްޙިއްޖާ 1447

             08   ޖޫން   2026   

08 ޖޫން 2026
ހޯދާ