ދިވެހިރާއްޖެ
ޅ.އަތޮޅު ހޮސްޕިޓަލަށް ސްޕެޝަލިސްޓް މަޤާމްތަކަށް ދިވެހިންހޯދުން
މިއީ މިހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ބަދަލްގައި ދިވެހި ސްޕްޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.
|
ބޭނުންވާ ޢަދަދު: |
މަޤާމުގެ ނަންބަރު: |
މަޤާމް: |
||
|
2 |
J-400989, J-384648 |
CONSULTANT IN ANAESTHESIOLOGY |
||
|
2 |
J-330721, J-371355 |
CONSULTANT IN OBSTETRICS AND GYNAECOLOGY |
||
|
2 |
J-304288, J-342558 |
CONSULTANT IN MEDICINE |
||
|
1 |
J-342561 |
CONSULTANT IN OPHTHALMOLOGY |
||
|
2 |
J-342562, J-437876 |
CONSULTANT IN ORTHOPAEDICS |
||
|
2 |
J-297094, J-377477 |
CONSULTANT IN PEDIATRICS |
||
|
2 |
J-342551 |
CONSULTANT IN RADIOLOGY |
||
|
ދާއިމީ |
މަޤާމުގެ ގިންތި: |
|||
|
މަޤާމުގެ ކްލެސިފިކޭޝަން: |
||||
|
މެޑިކަލް / ސާރޖިކަލް / ޑައިގްނޯސްޓިކް އެންޑް ތެރަޕިޔުޓިކް ސެކްޝަން |
ސެކްޝަން / ޔުނިޓް |
|||
|
ޅ. އަތޮޅު ހޮސްޕިޓަލް |
މަޤާމް އޮތް އޮފީސް: |
|||
|
ޅ. އަތޮޅު ހޮސްޕިޓަލް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
|||
|
ސްޕެޝަލިސްޓް ރެޖިސްޓްރަރ |
މަޤާމު |
|||
|
08 |
ޕަބްލިކް ސަރވިސް ރޭންކް |
|||
|
1- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި، 2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި، 3- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 އަށްވުރެ ދަށްނޫން ، ސްޕެޝަލިސްޓް ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. |
ތަޢްލީމީ ފެންވަރާއި މަސައްކަތުގެ ތަޖްރިބާ |
|||
|
26231.00 ( މަހަކު ) |
މަޤާމުގެ އަސާސީ މުސާރަ |
|||
|
15023.00 ( މަހަކު ) |
މަޤާމުގެ އެލަވަންސް |
|||
|
407.00 ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް ) |
ޙާޟިރީ ޢިނާޔަތް |
|||
|
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން. 2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް. |
އެހެނިހެން އެލަވަންސް: |
|||
|
1- ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން. 2- ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން. 3- ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެނައުން. 4- ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އެދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން. 5- ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ އާއްމު އަދި ޚާއްސަ އޮޕަރޭޝަންތައް ކުރުން. 6- ޚާއްޞަވެފައިވާ ސްޕެޝިއަލިޓީއަކާއި ގުޅިގެން ބަލިމީހުންނަށް ދޭންވާ ފަރުވާ ދިނުމާއި އަދި ކުއްލި ޙާލަތުގައި ފަރުވާދޭން ޖެހިއްޖެނަމަ އެކަމަށް ތައްޔާރުވެ ތިބުމާއި ދޭންވާ ފަރުވާގެ ކަންތައްތައް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ހަމަޖެއްސުން 7- ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން. 8- ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގެ އެހީތެރިވުން. 9- އެކިއެކި ޚާއްސަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަންމަތީގައި ހުރުމަށާއި އެފަދަ ބަލިތަކަށް ކުރަންޖެހޭ ފަރުވާއާއި ސަމާލުކަންދޭންޖެހޭ ކަންތައްތައް ބަލިމީހާއަށާއި އާއިލާތަކަށާއި މުޖްތަމައުއަށް އޮޅުންފިލުވައިދިނުން. 10- އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން. 11- އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމުން ހޭލުންތެރި ކުރުމަށާ ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން. 12- ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަން ކުރުމާއި އިތުރަށް ތަރައްގީ ކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން 13- އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޚިދުމަތް ފޯރުކޮށްދިނުން. 14- ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕޮރްފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ސިއްހީ ޚިދުމަތުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ބޯޑުތަކާއި، ސިއްހީ ޚިދުމަތުގެ ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން. 15- މީގެއިތުރުން ހޮސްޕިޓަލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. |
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: |
|||
|
1- އެލޯޕެތިކް މެޑިސިންގ ޒަރީޢާއިން ޚާއްޞަ ( ސްޕެޝަލިސްޓް ) ދާއިރާތަކުން ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތް 2- އިންޓަރނަލް މެޑިސިން، އޯތޯޕެޑިކްސް ، އެނެސްތީސިއޮލޮޖީ، ސާރޖަރީ، ޕީޑީއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، އޮފްތަލްމޮލޮޖީ، ރޭޑިއޮލޮޖީ |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް: |
|||
|
1- ބޭސިކް މެޑިކަލް ކޮލިފިކޭޝަން ( އެލޯޕެތިކް މެޑިސިން ) ، އެލޯޕެތިކް މެޑިސިންގެ ޚާއްޞަ ( ސްޕެޝަލިސްޓް ) ދާއިރާތައް 2- އިންޓާރނަލް މެޑިސިން، އޯތޯޕެޑިކްސް ، އެނެސްތީސިއޮލޮޖީ، ސާރޖަރީ، ޕީޑީއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، އޮފްތަލްމޮލޮޖީ، ރޭޑިއޮލޮޖީ |
މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ދާއިރާތައް: |
|||
|
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6- ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން 7- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|||
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (އިސްލާޙް 1)" ގައި ބަޔާންކޮށްފައިވާނެއެވެ. |
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
|||
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖޫން 2026 ދުވަހުގެ 13:00ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|||
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
|||
|
މ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ 22 ޖޫން 2026 – 29 ޖޫން 2026 ދެމެދު އޮންލައިންކޮށް ނުވަތަ ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ޕްރެސެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
|||
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން: |
|||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ ([email protected] ) އަށެވެ.
"ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (އިސްލާޙް 1)" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/92)) އިން ލިބެން ހުންނާނެއެވެ. |
||||
