ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 14 ޖޫން 2026 އިން 25 ޖޫން 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން) މާލޭ އިންޑޯ ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 ހިނގަމުން ދާ ވަގުތުގައި އިންޑޯ އެކުވެނީގެ ބޭރުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އެސޯސިއޭޝަންއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް 2026 ޖޫން 10 ވާ ބަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް [email protected] އަށް މެއިލް ކޮށް ދެއްވުން އެދެމެވެ.
ވަގުތު ހަމަވާއިރު 02 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 02 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އެސޯސިއޭޝަންއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ޓެންޓާއި ކަރަންޓުގެ ޚިދްމަތް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:30 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
