އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ އިންޓާނަލްމެޑިސިން ޑިޕާޓްމަންޓުގެ ދަށުން ގެސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ އަޕްގްރޭޑް ކުރުމަށް ބޭނުންވާ 01 (އެކެއް) USG MACHINE ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:  137-IU/PR/2026/76

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-32

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ އިންޓާނަލްމެޑިސިން ޑިޕާޓްމަންޓުގެ ދަށުން ގެސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ  އަޕްގްރޭޑް ކުރުމަށް ބޭނުންވާ 01 (އެކެއް) USG MACHINE ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

އައި.ޖީ.އެމް ހޮސްޕިޓަލުގެ  އިންޓާނަލް މެޑިސިން  ޑިޕާޓްމަންޓު ގެ ދަށުން  ގެސްޓްރޯ އެންޓްރޮލޮޖީ  އެންޑް  ހެޕަޓޮލޮޖީ   އަޕްގްރޭޑް ކުރުމަށް ބޭނުންވާ  01 (އެކެއް) USG MACHINE ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މި އިއުލާނާއެކު ސްޕެސިފިކޭޝަން ޝީޓް ހިމަނާފައިވާނެއެވެ.  

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު އިއުލާންގައި ބަޔާންކޮށްފައިވާ އައިޓަމްގެ އަދަދަށް އަގު ހުށެހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
  • އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ  ގިނަވެގެން  02 އޮޕްޝަން / އޮފަރ އެވެ. 
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް  ސްޓޭންޑަރޑް ވޮރެންޓީ އެއް ދޭންވާނެއެވެ.
  • ސަޕްލައިކުރުމަށް ކޯޓޭޝަންގައިވާ ހުށަހަޅާފައިވާ މެޝިން އިންސްޓޯލް ކުރުމާއެކު މިމެޝިން ބޭނުންވާ އެޕްލިކޭޝަން ޓްރޭނިންގ އަދި ބަޔޯމެޑިކަލް ޓްރޭނިންގ ދޭންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  •  ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
  •  މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  
  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

ކެޓެގަރީ

މާރކްސް 

މާރކްސް ދެވޭ އުސޫލު

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

އައި.ޖީ.އެމް ހޮސްޕިޓަލުގެ އިންޓާނަލްމެޑިސިން ޑިޕާޓްމަންޓުގެ ދަށުން ގެސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ  އަޕްގްރޭޑް ކުރުމަށްއައި.ޖީ.އެމް ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓުގެ ދަށުން ގެސްޓްރޯ އެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ އަޕްގްރޭޑް ކުރުމަށް ބޭނުންވާ  01 (އެކެއް) USG MACHINE ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ22 ޖޫން 2026 ވަނަ ދުވަހުގެ 13:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

  • ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.   

   

  • އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.   

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-     ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-     ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-     މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-     ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

22 ޛުލްޙިއްޖާ 1447

                                        08 ޖޫން 2026

08 ޖޫން 2026
ހޯދާ