ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ އައިޓީ އިލެކްޓްރޯނިކްސް އިކުއިޕްމެންޓްސް ގަތުމަށް

          ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ އައިޓީ އިލެކްޓްރޯނިކްސް އިކުއިޕްމެންޓްސް ގަންނަން ބޭނުން ވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

https://forms.office.com/r/Bx2mdhMvuj

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 14 ޖޫން 2026 ވާ އާދީއްތާ ދުވަހުގެ 23:59 ގެ ކުރިންނެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

ޕްރީބިޑު މީޓިންގ

މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން،  ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

08 ޖޫން 2026
ހޯދާ