އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ކަދުރު ބެހުމާއި ގުޅޭ.

      ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ފެންފުށީ ރައްޔިތުންނަށް ބެހުމަށް ލިބިފައިވާ ކަދުރު ބަހަން ފެށުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 ގައެވެ.

      މިރަށު ރައްޔިތުންނަށް ބެހުމަށް ލިބިފައިވާ ކަދުރު ހުސްވަންދެކަށް، ސަރުކާރު ބަންދު ނޫން ކޮންމެދުވަހަކު ހެންދުނު 10:00 އިން 13:00 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާގައި ކަދުރުބެހުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީހުން ދިރިއުޅޭ ގޭބިސީއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 ޕެކެޓް ކަދުރެވެ. މިރަށަށް ބެހުމަށް ކަދުރު ޕެކެޓް ލިބިފައިވަނީ މިރަށު މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދަށްވުރެ މަދުން ކަމަށްވާތީ، ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކަދުރު ޕެކެޓް ބަލާ އަންނަ ގޭބިސީތަކަށެވެ.  

            ވީމާ ކަދުރާއި ހަވާލުވުމައް ކޮންމެގޭބިސީއަކުން ބޭފުޅަކު އައިޑީ ކާޑުހިފައިގެން ކައުންސިލަށް ހާޒިރުވެ ކަދުރު ނެންގެވުމަށް އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

07 ޖޫން 2026
ހޯދާ