ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

މަޤާމު، ރޭންކް އަދި ބާވަތް:

ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

ބޭނުންވާ އަދަދު: 1

ވަޒީފާގެ ބާވަތް : ދާއިމީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް، މާލެ)

މަޤާމުގެ ޝަރުޠުތައް:

ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ، ޕަބްލިކް ސަރވިސް ރޭންކް 9 (ދާއިމީ)

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 އަދި ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދު ހާސިލުކޮށްފައިވުން. އަދި، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. އަދި، އެކަޑެމިކް އުފެއްދުންތެރިކަން ލިބިފައިވާކަމަށް ޔުނިވަރސިޓީން ކަނޑައަޅާ މިންގަނޑު ހާސިލުވެފައިވުން. (މި މިންގަނޑު އިއުލާނާއެކު، އެޓޭޗުކުރެވިފައިވާނެއެވެ.)

މަޤާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއި އެލަވަންސްތައް:

ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

އަސާސީ މުސާރަ: 18,503.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 10,597.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 287/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް އަދި މަސައްކަތުގެ ދާއިރާތައް:

އެޑިއުކޭޝަން، އިންސްޓްރަކްޝަނަލް ޑިޒައިނިންގ، އެޑިއުކޭޝަނަލް ޓެކްނޮލޮޖީ، ކަރިކިއުލަމް ޑިވަލޮޕްމަންޓު

މަސައްކަތުގެ ދާއިރާތައް: މަތީ ތަޢުލީމުގެ ދާއިރާގައި ކިޔަވައިދިނުމުގެ މަސައްކަތު ތަޖުރިބާ، ތަފާތު ދާއިރާތަކުގައި އުނގަންނައި ދިނުމާއި ކިޔަވައިދިނުމުގެ ތަޖުރިބާ، ކިޔަވައިދޭ ދާއިރާއާގުޅޭ ސިނާއާތުގައި ޙާޞިލުކޮށްފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ދާއިރާއެއްގައި ޕްރެކްޓިސްކޮށް ލިބިފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ގޮތުން ދިރާސާކުރުމާއި ޕަބްލިކޭޝަންގެ މަސައްކަތުގެ ތަޖުރިބާ

 

މަޤާމުގެ މަސްއޫލިއްޔަތު:

 

ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

1. އިންސްޓްރަކްޝަނަލް ޑިޒައިނަރ ޓީމްގެ ލީޑް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން.

2. އިންސްޓްރަކްޝަނަލް ޑިޒައިނަރުންނަށް މަސައްކަތް ޙަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، މަސައްކަތުގެ ފެންވަރު ވަޒަންކުރުން.

3. ޙަވާލުކުރެވޭ މާއްދާއެއްގެ ޓިއުޓޯރިއަލް ނަގައިދިނުމާއި ކިޔަވައިދިނުން.

4. ރިސަރޗްގެ އެހީގައި ކިޔަވައިދިނުމުގެ އެންމެ ފަހުގެ ގޮތްތައް ހޯދައި އެކަންކަމާބެހޭ ކަރުދާސް އެކުލަވާލުމާއި ހުށަހެޅުން.

5. މަތީ ތަޢުލީމު އުނގަންނައި ދިނުމުގައި ބްލެންޑެޑް ލަރނިންގ އަދި އެޑިޔުކޭޝަނަލް ޓެކްނޯލޮޖީގެ ބޭނުންކުރެވިދާނެ ގޮތްތަކާބެހޭގޮތުން ރިސަރޗް ހެދުން.

6. ކުރިއަރަމުން އަންނަ އިންސްޓްރަކްޝަނަލް ޓެކްނޯލޮޖީތައް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތްތައް ހޯދުމާއި އެކަންކަމާގުޅޭ ލަފާދިނުން.

7.. އިންސްޓްރަކްޓަރުން ނުވަތަ ކޯސް ފަރުމާކޮށް ކިޔަވައިދޭ ފަރާތްތަކަށް އިރުޝާދު ދިނުމުގައި ތަފާތު ވަޞީލަތްތައް (ތަފާތު މީޑިޔާ އަދި އޮންލައިން ރިސޯސަސް ހިމެނޭ ގޮތަށް) ބޭނުންކުރުމުގައި އެހީތެރިވެދިނުން.

8. އިރުޝާދު ދިނުމުގައި ބޭނުންކުރާނެ ތަފާތު ގޮތްތައް އަދި އުނގެނުމާއި އުނގަންނައިދިމަށް އެންމެ އެކަށީގެންވާ ގޮތްތަކާބެހޭ ލަފާ އަދި މަޝްވަރާ ދިނުން.

9. ބްލެންޑެޑް ޑެލިވަރީ، އެކްސެސިބިލިޓީ އަދި ކޮޕީރައިޓް އާގުޅޭ ކަންތައްތަކުގައި ސްޓޭންޑަރޑް ހިފެހެއްޓުމާގުޅޭ ގޮތުން ލަފާ ދިނުން.

10. އައު ބްލެންޑެޑް ކޯސް އިންސްޓްރަކްޓަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ ނަގައިދިނުން.

11. ބްލެންޑެޑް ލަރނިންގ ކޯސްތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

12. އިންސްޓްރަކްޝަނަލް ޑިޒައިނަރުންގެ ޕްރޮޖެކްޓްތައް މެނޭޖްކުރުން.

13. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދެނެގަނެ ޔުނިވަރސިޓީގައި ތަންފީޒުކުރެވޭނެ އައު ގޮތްތަކުގެ ރިކޮމަންޑޭޝަންތަކާއި ލަފާ މެނޭޖްމަންޓަށް ދިނުން.

14. ކޯސް ފަރުމާކުރުމުގައި ފޭސް ޓު ފޭސް ކުލާސް އަދި އޮންލައިން ލަރނިންގ މެނޭޖްމަންޓް ސިސްޓަމް، މި ދެ ބައި ލާމެހިގެން ގުޅުވައިގެން ދަރިވަރުންގެ އުނގެނުމަށް އެންމެ ކާމިޔާބު އަދި ފަހިވާނެ ގޮތްތަކާމެދު ލަފާ އަދި މަޝްވަރާ ދިނުން.

15. ކޯސް ފަރުމާކުރާ ނުވަތަ ކިޔަވައިދޭ ފަރާތްތަކަށް ކޯހުގައި ހިމެނޭ ބައިތަކާ ގުޅޭ ކަންކަމާބެހޭ ގޮތުން ލަފާ ދިނުން

 (މިސާލަކަށް އެކްސެސިބިލިޓީ ) އެންމެންނަށް ލިބުން، (ރީޑަބިލިޓީ ) ސާފުކޮށް ފަސޭހައިން ކިޔަން އެނގުން)، އުނގެނުމުގެ ލަނޑުދަނޑިތައް ހާސިލް ވާނެގޮތަށް ދަރިވަރުން އެ ކޮންޓެންޓް ބޭނުންކުރުން.

 16. ބަޖެޓް އެކުލަވާލުމާއި، ޕްރޮޖެކްޓް ފަންޑިންގެ ފައިސާ ޔުނިވަރސިޓީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ބެލެހެއްޓުން.

 .17 ގްރެފިކް / މަލްޓިމީޑިއާ ސްޓާފް ނުވަތަ އެސް.އެމް.އީ (ސަބްޖެކްޓް މެޓާ އެކްސްޕާޓް) އާއެކު ކޯސްތަކުގެ ކޮންޓެންޓް މޫޑުލް އަށް އަޕްލޯޑްކުރެވިފައިވޭތޯ ބަލައި ޗެކް ކޮށް ކަށަވަރުކުރުން.

.18 ކޮލިޓީ އެޝުއަރެންސް އިންސްޓްރޫމަންޓްތައް ބޭނުންކޮށްގެން ކޯސް ޑިޒައިންކޮށްފައިވާ ގޮތަށް އިމްޕްލިމެންޓް ކުރެވޭތޯ ކަށަވަރުކުރުން.

 19. އިންސްޓްރަކްޝަނަލް ޑިޒައިން ޕްރޮސެސް ރިވިއު ކުރުމަށް ސެޝަންތައް ރާވައި ހިންގުމާއި އެކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން

20. ގަވާއިދުން ރިވިއު ސެޝަންތައް ބާއްވައި، ބްލެންޑެޑް ކޯސްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް އިވެލުއޭޓް ކުރުން. 

21. ކޯސް ހިންގުމަށް ބޭނުންވާ ތަކެތި ފުރިހަމަކުރެވިފައިވޭތޯ ޔަޤީންކުރުން. މީގެ ތެރޭގައި ކޮޕީރައިޓް ހުއްދަ،  ކޯސް ޕެކޭޖް، ވެލްކަމް ލެޓަރ، ކްލާސް ފެކްޓް ޝީޓް ފަދަތަކެތި ހިމެނެ އެވެ.

22. ޖިއޮގްރަފިކަލް އަދި ޓްރާންސެކްޝަނަލް ޑިސްޓެންސް ލަރނިންގ އަށް ބޭނުންވާ މެޓީރިއަލް / ޓިއުޓޯރިއަލްތައް ލައިބްރަރީ، ސްޓޫޑަންޓް ސަރވިސް އަދި ސްޓޫޑަންޓް ސަޕޯޓް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުން.

23. ކޯހުގައި ބޭނުންކުރަންޖެހޭ ތަކެތީގެ ކޮޕީރައިޓް ހުއްދަ ހޯދުން.

24. ޔުނިވަރސިޓީގައި ހިންގާ ބްލެންޑެޑް ކޯސްތައް ޑިޒައިންކޮށް، އިމްޕްލިމެންޓްކޮށް އަދި އިވޭލުއޭޓްކުރުމާއި ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
  • ދިވެހި އަދި އިނގިރޭސި ބަހުން، އަނގަބަހުންނާއި އަދި ލިޔުމުން މުއާސަލާތުކުރުމުގެ ހުނަރުތައް ފުރިހަމައަށް ހުރުން
  • ފަންނިއްޔާތުގެ ތަފާތު މަންސަތަކާއި އަދި ގޮތްތައް ފަރިތަކަމާއިއެކު ބޭނުންކުރަން އެނގުން
  • މިމަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އޮންލައިން ކޮށް ކޯސްތައް ޑިޒައިން ކުރުމާއި ކޯސްފަރުމާ ކުރުން އަދި އޮންލައިން ކޮށް ކިޔަވައިދިނުމެގެ ތަމްރީނުތަށް ދެވޭނެ ފަރާތްތަކަށާއި މޫޑުލް އާއި ބްލެކްބޯޑު ފަދަ ލާރނިންގް  މެނޭޖްމަންޓް ސިސްތަމްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ލީޑް އިންސްޓްރަކްޗަރަލް ޑިޒައިނަރގެ މަޤާމުގެ ދެވަނަ ޝަރުޠުން މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ޔުނިވަރސިޓީގެ އެކެޑަމިކް ޕްރޮފެޝަނަލުންގެ އެކެޑަމިކް އުފެއްދުންތެރިކަން ބަލާ މިންގަނޑުގައި އެވާ ބައިތަކުން އުފެއްދުންތެރިކަން ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

   https://forms.gle/pr8JQTuZjXzmAJdMA

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 14 ޖޫން 2026 ވަނަ ދުވަހުގެ 23:59 އަށް.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 15 ޖޫން 2026 ން 15 ޖުލައި 2026 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405 ހޮޓްލައިނަށެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
08 ޖޫން 2026
ހޯދާ