ދިވެހިރާއްޖެ
މި އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 4 އިން 22 ޖުލައި 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "30 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް" ގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފީމެވެ .މި މުބާރާތުގައި ބައިވެރިވާން އެދޭ ކުލަބު/ޖަމްޢިއްޔާތަކުން، ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑިތަކުގެ ކުރިން އެކަން މިއެސޯސިއޭޝަނަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.
1. އެމް.ބީ.އޭގެ މެންބަރު ކުލަބުތައް:
ސުންގަޑި: 20 ޖޫން 2026 (ހޮނިހިރު) ދުވަހުގެ 12:00 ގެ ކުރިން.
ހުށަހަޅަންޖެހޭ ތަކެތި: މުބާރާތުގައި ބައިވެރިވުމުގެ ކުރިން، ނުދައްކާ ހުރި އަހަރީ ފީތައް ދައްކައި ނިންމަވަންވާނެއެވެ. އަދި ހިންގާ ގަވާއިދުގެ 8.1.10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ސިއްކަ ޖަހާފައިވާ ކުލަބުގެ އަހަރީ ރިޕޯޓު މި އެސޯސިއޭޝަނުގެ އީމެއިލް [email protected] އަށް ފޮނުއްވަންވާނެއެވެ.
2. އަލަށް މެންބަރަކަށްވާން އެދޭ ކުލަބުތައް:
ސުންގަޑި: 18 ޖޫން 2026 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން.
ހުށަހަޅަންޖެހޭ ތަކެތި: މުބާރާތުގައި ބައިވެރިވުމަށް އެދުމުގެ ކުރިން، މެންބަރޝިޕް ފޯމު ފުރިހަމަކުރުމަށްފަހު، ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު [email protected] އަށް ހުށަހަޅުއްވަންވާނެއެވެ.
ޓީމް ލިސްޓް ހުށަހެޅުން:
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމްލިސްޓު 25 ޖޫން 2026 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރެއްވުމަށްފަހު، އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. ކަނޑައެޅިފައިވާ ސުންގަޑިއަށް ޓީމް ލިސްޓް ހުށަނާޅާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
