ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ފެސްޓިވަލް ކުރިއަށްދާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ. މިއަހަރުގެ ޝިޢާރަކީ 'Reimagine: Beyond The World We Know, A New Relationship With Our Ocean' މިއެވެ. މި ޝިޢާރުގެ ދަށުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.
ހަރަކާތާ ގުޅޭ މުހިންމު މަޢުލޫމާތު:
- ބައިވެރިވެވޭނެ އުމުރުފުރާ: 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން.
- ބައިވެރިންގެ އަދަދު: ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ.
- ރަޖިސްޓްރީ ކުރުން: މި ހަރަކާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބެލެނިވެރިންގެ ދައުރު: ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާއެކު އެއް ބެލެނިވެރިއަކު ހުންނަންވާނެއެވެ. އަދި ބައިވެރިވުމުގެ އިޤުރާރު ގައި ބެލެނިވެރިޔާ ސޮއިކުރަންވާނެ
Discovery Bubble - Ocean Day 2026 – Fill out form
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3339239 އަށް ގުޅުއްވުން އެދެމެވެ.
