މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ވަރުވާކުރުން

ތިރީގައި މިދަންނަވާ ރުއްތައް ވަރުވާއަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.

  • C (ސީ) ރުއްގަނޑު (ބަނދަރުގެ އުތުރު ފަރާތުން އޮޑިއެލާ ސަރަހައްދަށް ދާންއޮންނަ ވަށާ މަގުގެ އެއްގަމުފަޅީގައި C ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 23 ރުއް
  • D (ޑީ) ރުއްގަނޑު (ބަނދަރުގެ އުތުރު ފަރާތުން އޮޑިއެލާ ސަރަހައްދަށް ދާންއޮންނަ ވަށާ މަގުގެ އަތިރިފަޅީގައި D ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 18 ރުއް
  • F (އެފް) ރުއްގަނޑު (ރަށްވެހިގޭގެ ދެކުނުން، ދަންޑެހެލު ހިނގުމުގެ އަތިރިފަޅީގައި F ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 15 ރުއް
  • T ރުއްގަނޑު (ހުޅުދުއްފާރު ދަންޑެހެލު ހިނގުމުން ތަޤްވާ މިސްކިތު ހުޅަނގުން ފެށިގެން ދެކުނަށް T ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 18 ރުއް
  • X (އެކްސް) ރުއްގަނޑު (ޓީ ރުއްގަނޑުގެ ހުޅަނގުފަރާތުގައި X ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 10 ރުއް
  • Y (ވައި) ރުއްގަނޑު (ގްރީން ލީފް ގޯތީގެ ހުޅަނގުފަރާތުގައި Y ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 14 ރުއް
  • Z (ޒެޑް) ރުއްގަނޑު (ރަށްވެހިގެއާއި ދިމާލުން ރަށްވެހިގޭ ހުޅަނގުފަރާތުގައި Z ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 14 ރުއް

 

މި ރުއްތައް ވަރުވާކޮށްދެވޭނީ 02 އަހަރު ދުވަހުގެ މުއްދަތަށެވެ. 02 އަހަރުވުމުން އެފަރާތްތަކުން ރުއްގަނޑު ވަކިވާނެއެވެ. ރުއްގަނޑު ވަރުވާކުރައްވާ ފަރާތްތަކުން ކަނޑައެޅޭ ޝަރުތުތަކާއި އެއްގޮތަށް 02 އަހަރުވަންދެން 06 މަހުން 06 މަހުން ވަރުވާދައްކައިގެން އެލިޔުއްވި ރުއްގަނޑެއް ބަލަހައްޓަންވާނެއެވެ. ކޮންމެ ރުއްގަނޑަކަށްވެސް އަގުހުށަހަޅުއްވަންވާނީ 06 މަހުން 06 މަހުން ވަރުވާދައްކައިގެން 02 އަހަރުދުވަހުގެ މުއްދަތަށް ރުއްގަނޑު އެބޭފުޅަކަށް ބެލެހެއްޓޭނޭފަދަ އަގަކަށެވެ. ކޮންމެ ރުއްގަނޑެއްވެސް ލިބޭނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ. އަދި އެންމެ މަތީއަގު އެއްފަރާތަށްވުރެ ގިނަފަރާތުން ހުށަހަޅުއްވާފައިވާނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ރުއްގަނޑު ލިބޭ ފަރާތެއް ހޮވޭނެއެވެ. ކޮންމެ ރުއްގަނޑަކަށްވެސް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ރުކަކަށް 5.00 (ފަހެއް) ރުފިޔާގެ ރޭޓުންނެވެ.

ރުއްތައް ވަރުވާ ކުރުމުގެ ޝަރުތުތައް:-

  1. މަދުވެގެން 03 މަހުން 01 ފަހަރު ރުއްގަނޑުގައި ހިމެނޭ ހުރިހާ ރުއްތައް ސާފުކޮށް ހެޔޮގޮތުގައި ރުއްތައް ބެލެހެއްޓުން.
  2. ލިޔުއްވައިގެން އުޅޭ ރުއްގަނޑުގައި ހިމެނޭ ރުކަކުން ރޯފަން ކެނޑުމާއި، ރުކަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ނުކުރުން. އަދި ރުއްގަނޑު ދޫކޮށްލަން 01 (އެކެއް) މަހަށްވުމުން ގަބުޅިން ދަށުގެ އެއްޗެހި  ނޭޅުން.
  3. މީހުން ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ ގޯތިގޯއްޗާއި ސަރުކާރު އޮފީސްތައް ކައިރީގައިހުންނަ ރުއްރުކުން އުނބުފަދަ އެއްޗެތި ފައިބާ ގެއްލުންވާކަމުގެ ޝަކުވާއެއްކޮށްފިނަމަ، އެކަމެއް ޙައްލުކޮށްދިނުން.
  4. ރުކުއެޅުމާއި ރުއް ސާފުކުރުމުގައާއި އެނޫން ގޮތްގޮތުންވެސް ރުކުން، މަގުމައްޗަށާއި ރުއްދޮށަށް އެޅޭ ކުނިބުނިތައް ސާފުކޮށް ކުނިއުކާލުމަށް ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުނިގޮނޑަށް އުކާލުން
  5. ރުއްގަނޑުގެ ބޭނުން ކުރަންވާނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެއްބަސްވުމުގައިވާ މުއްދަތުގައެވެ.
  6. ރުއްގަނޑު ލިބުނުކަން އަންގާތާ ރަސްމީ 10 ދުވަސް ތެރޭގައި ރުއްގަނޑު ލިބުނު ފަރާތުން ނުވަތަ ބަދަލުގައި ފޮނުވާ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. އެމުއްތަދުގެތެރޭގައި އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ އެރުއްގަނޑު އެފަރާތެއްގެ ކިބައިން ވަކިކޮށް ދެން އެންމެ މަތިން އަގުހުށަހަޅާފައިވާ ފަރާތަކަށް ވަރުވާކޮށްދެވޭނެއެވެ.
  7. އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުރިއަށް އޮތް ހަމަސް ދުވަހަށް އެއްބަސްވުން އާކުރަންވާނެއެވެ.
  8. އެއްބަސްވުމުގައި ސޮއިކުރާތާ، ލަސްވެގެން 10 ދުވަސްތެރޭގައި ކުރިއަށް އޮތް ހަމަސްދުވަހުގެ ފައިސާ ދައްކަންވާނެއެވެ.
  9. މި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އެކަން އިސްލާޙް ކުރުމަށް އެންގުމަށްފަހު އިސްލާޙް ނުކޮށްފިނަމަ، ރުއްގަނޑު ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ވަކިކޮށްފިނަމަ ބަދަލެއް ނުދެވޭނެއެވެ.

ވީމާ، މަތީގައިވާ ޝަރުތުތަކާއި ޚިލާފު ނުވާނޭހެން ރުއްތައް ވަރުވާއަށް ނަންގަވަން އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ފޯމު ނެންގެވުންއެދެމެވެ. ފޯމު ދޫކުރާނީ 08 ޖޫން 2026 ން ފެށިގެން 14 ޖޫން 2026ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. ފޯމެއްގެ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ. ރުއްތައް ވަރުވާކުރުމަށް އެދިލައްވާއިރު ކޮންމެ ރުއްގަނޑަކަށްވެސް ފުރުއްވާނީ ވަކި ފޯމެކެވެ. އަދި ފޯމް ފުރިހަމަ ކުރައްވާ 15 ޖޫން 2026 ވަނަ ދުވަހުގެ 13:00ށް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ފޯމްތައް ކަނޑާ ބެލުން އޮންނާނީވެސް އެދުވަހުގެ އެގަޑީގައި ވަޑައިގަންނަވާ ބޭފުޅުންގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6580069 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

07 ޖޫން 2026
ހޯދާ