ދިވެހިރާއްޖެ
އެފް.އޭ އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިފް 2026/2027، 27 ޖުލައި 2026 ގައި ފެށުމަށް ހަމަޖެހިފައިވުމާއެކު މި މުބާރާތުގައި ގައި ނިލަންދޫ ތަމްސީލް ކޮށްދޭނެ ކުލަބް ޖަމުއްޔާއެއް ހޯދުމަށް ހުޅުވާލަމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބު އަދި ޖަމިއްޔާތަކުން 11 ޖޫން 2026 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯސަލް މިއިދާރާއަށް ހުށައަޅައިދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއަކަށް އިސްކަންދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާ އިރު ކްލަބް/ޖަމްއިއްޔާގެ ފަރާތުން ޒިންމާވާނެ ފަރާތް ކޮންމެހެންވެސް ހިމަނަންވާނެއެވެ. ކައުންސިލްގެ ފަރާތުން މުބާރާތުގެ ބައިވެރިވުމުގެ ފީ އަދި އިދާރީ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. އެއްވެސް ސަބަބަކާ ހުރެ ކްލަބުން މުބާރާތް ފެށުމަށްފަހު، މުބާރާތުން ވަކިވާނަމަ ކައުންސިލްގެ ފަރާތުންކޮށްފައިވާ ޚަރަދުތައް ކައުންސިލަށް އަބުރައި ދައްކަންޖެހޭނެއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން ނުވަތަ އެސިސްޓެންޓް ކައުންސިލް އޮފިސަރ މައުޒް އާދަމް 9700207 ނުވަތަ ސެކްރެޓަރީ ޖެނެރަލް ހާމިދު އިސްމާއިލް 9994327 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޛުލްޙިއްޖާ 1447
