ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކެފޭގެ ގޮތުގައި ހިންގަމުންއައި ޢިމާރާތް ކުއްޔަށްދިނުން

  މިރަށު އަންހެނުންގެ ކެފޭ ގޮތުގައި ހިންގަމުންއައި ޢިމާރާތް، ކެފޭ/ ރެސްޓޯރެންޓް ހިންގުމަށްޓަކައި، ކުއްޔަށް ދިނުމަށް ނިންމާފައިވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި ޢިމާރާތް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 4އަހަރު ދުވަހަށެވެ.

 

 

ބީލަމުގައި ބައިވެރިވުން:

                   މިކަމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި (ނޮން ރިފަންޑަބަލް) -/200.00ރ (ދުއިސައްތަ ރުފިޔާ) މިކައުންސިލަށް ދައްކަންވާނެއެވެ. އަދި  ސިޓީއާއި އެކު ސްލިޕް ހުށަހަޅަންވާނެއެވެ.

 އެކައުންޓް ނަން: 1434 Revenue 1

 އެކައުންޓް ނަންބަރ: 7725700429001

 

ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވާ ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 8:00އިން 13.30އަށް މިއިދާރާއަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ ގެންނަންވާނެއެވެ. މެއިލް ކުރައްވާނަމަ[email protected]  މިމެއިލްއަށް ފޮނުއްވާ ލިބުނުކަން ކަށަވަރު ކުރައްވަންވާނެއެވެ.

 

 

ބީލަން ފެށޭއަގާއި ބީލަން ކާމިޔާބުކުރުން:

                    ކުއްޔަށް ދޫކުރުމަށް ފެށޭއަގަކީ 4000.00 (ހަތަރުހާސް ރުފިޔާ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު 300.00 ( ތިންސަތޭކަ ރުފިޔާ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، (3ދުވަސް ގުނުމުގައި އަގުހުށަހަޅާ ދުވަސް ހިމެނޭނެ) އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގެ ލިބޭއަގުތައް އެދުވަހުގެ 14.00ގެ ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ޢާއްމުކުރާ ބޯޑުގައި ޢާއްމުކުރެވޭނެއެވެ. ބީލަން ކާމިޔާބު ކުރުމަށްފަހު ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން މިޢިމާރާތް ކުއްޔަށް ހިފާފަރާތާއި ހަވާލުކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން 2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

                   މިއިޢުލާނުގެ ދަށުން ކެފޭ އަދި ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ދޫކުރެވޭ ޢިމާރާތުގެ ބޮޑުމިން އަންގައިދޭ ޗާޓެއްގެ އިތުރުން، އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ލިސްޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6780034އަށެވެ.

 

 

 

                    މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 ޖޫން 2026
ހޯދާ